ދިވެހިރާއްޖެ
މިކޯޓު ހިންގަމުންގެންދާ ރ.އިނގުރައިދޫ އިއުފާ ކިޔާ ޢިމާރާތާއި ގޯތީގެ ސެކިއުރިޓީ ކޮންޓްރެކްޓްގެ އުޞޫލުން ބަލަހައްޓަވައިދެއްވާނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިކަންހުރި ފަރާތްތަކުން 18 ނޮވެންބަރ 2019 ދުވަހުގެ 10:30 އަށް ރ.އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި، މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 21 ނޮވެންބަރ 2019
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓް
17 ރަބީޢުލްއައްވަލު 1441