ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުނި އުފުލާނެ ވަހިކަލެއް ގަތުމާއި ގުޅޭ:

އިޢުލާނު

ކުނި އުފުލާނެ ވަހިކަލެއް ގަތުމާއި ގުޅޭ:

          މިއިދާރާގެ ނަންބަރ 405-A/2019/37 އިޢުލާން އާއި ގުޅިގެން ހުށައަޅާފައިވާ އަންދާސީ ހިސާބުތަށް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން ކުނި އުފުލާނެ ވެހިކަލެއް ހޯދުމަށް އިޢުލާން ކުރީމެވެ.

          ވީމާ، މިއިދާރާއަށް ކުނި އުފުލާނެ ވެހިކަލްއެއް ވިއްކަން ބޭނުންވާ ފަރާތްތަކުން މި އިދާރާއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ. އެސްޓިމޭޓް ހުށައަޅާއިރު ވެހިކަލްގެ އަގު ތަފްސީލުކޮއް ބަޔާން ކުރަންވާނެއެވެ.

ބިޑުފޮތުގެ އަގަކީ 100 (ސަތޭކަ) ރުފިޔާއެވެ. ބިޑްފޮތް ވިއްކުމަށްފަހު އެ ފޮތުގެ އަގައްވާ ފައިސާ އަނބުރާ ހަވާލު ނުކުރެވޭނެއެވެ.

  • މަޢުލޫމާތު ސާފުކުރުން އޮންނާނީ 19 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00ގައި
  • އެސްޓިމޭޓް ހުށަހެޅުން: 24 ނޮވެމްބަރ  2019 ވާ އާދީއްތަ ދުވަހުގެ 11:00 ގައި

    މަޢުލޫމާތު ސާފްކުރުމަށް ޙާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އެސްޓިމޭޓްތައް ބަލައެއްނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑު ނުވަތަ އައިޑީކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. އަދި ކުންފުނި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮއްފައިވާ ކަމުގެ ލިޔުމުގެ ކޮޕީއެއް ވެސް ގެންނަންވާނެއެވެ. އަދި ބަދަލްގައި މީހަކު ފޮނުވާނަމަ އެ ފޮނުވާ ފަރާތަކީ ކޮންފަރާތަކުން ހާޒިރުވި މީހެއްކަން އެގޭނެ ފަދަ ލިއުމެއް އޮންނަންވާނެއެވެ.

                 މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

16  ރަބީޢުލް އައްވަލް 1441

13  ނޮވެންބަރ  2019

13 ނޮވެންބަރު 2019
ހޯދާ