ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ފައިނޭންސް އޮފިސަރ

                                                                        ނަންބަރ: (IUL)391-FI/391/2019/28

އިޢުލާނު

ވަޒީފާގެ ފުރުޞަތު:

މިކައުންސިލަށް އެސިސްޓެންޓް ފައިނޭންސް އޮފިސަރއެއްގެ މަޤާމަށް މީހަކު ބޭނުންވެއެވެ. މި މަޤާމުގެ ޝަރުތު ހަމަވާ ފަރާތްތަކުން މި މަޤާމަށް އެދިލެއްވުމަށް އާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.

 

މަޤާމް

 އެސިސްޓެންޓް ފައިނޭންސް އޮފިސަރ

މަޤާމުގެ ނަމްބަރ

J-317552 

ބޭނުންވާ ޢަދަދު

 01

މަޤާމުގެ ގިންތި

 ވަގުތީ (މަޤާމުގެ މުއްދަތު ހަމަވާތާރީޚު 2.11.2021 )

މަޤާމުގެ ރޭންކް

 ޖީ  އެސް.3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ވަޒީފާއަޑާކުރަންޖެ ހޭތަން

ތ. ތިމަރަފުށީ ކައުންސިލްގެ އިދާރާ / ތ.ތިމަރަފުށި

މުސާރަ:

4,465.00 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ)

ސަރވިސް އެލްވްންސް

1500/-  ފަނަރަސަތޭކަ ރުފިޔާ

އެހެނިހެން އިނާޔަތް ތައް:

- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް

- ދިވެހިރާއްޖޭ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

- ސިވިލްސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

1. ބަޖެޓް ތައްޔާރުކުރުމާއި ބަޖެޓަށް ބޭނުންވާ މަޢުލޫމާތު ދުރާލައިހޯދުން

2. ކައުންސިލަށް ދުވަހުން ދުވަހަށް ލިބޭފައިސާއާއި ޚަރަދުވާ ފައިސާގެ ހިސާބު ބެލެހެއްޓު

3. ކައުންސިލްގެ އިދާރާއަށާއި ރައްޔިތުންގެ ތަންތަނަށް ހޯދަންޖެހޭ ތަކެތި ހޯދުމުގެ މަސައްކަތް ކުރުން (ޕާޗޭސް)

4.ބަޖެޓް ކޮންޓްރޯލް ކުރުމާއި ބަޖެޓް ބާކީބެލެހެއްޓުމާއި ވޮއުޗަރ ރަޖިސްޓްރީއާއި ޗެކްރެޖިސްޓްރީ ލިޔެ ބެލެހެއްޓުން

5. ކައުންސިލްގެ އިދާރާއަށް ބަލައިގަންނަ ފައިސާގެ ރެޖިސްޓްރީ ބެލެހެއްޓުން އަދި ފައިސާ ދައްކާ ތަންތަނާއި ނުދައްކާތަންތަނުގެ ރިޕޯޓް މަހަކު އެއްފަހަރު ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން

މަޤާމުގެ ޝާރުތުތައް

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން:ސީ" ގްރޭޑް ލިބިފައިވުން

 

 

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެން ހުންނާނެއެވެ.)

2. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީން ސެޓްފިކެޓުތަކުގެ ކޮޕީ.

7. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.

8. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ، ޤަޢުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ދާއިރާ

ބެލޭނެ ބައިތައް

މާރކްސް

އިންސައްތަ

(%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމް

35

35

40

މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން

30

5

އިމްތިޙާނު

ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާން

12

5

5

ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

33

10

10

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެސެންޓޭޝަން/ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

210

100

100

މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓގެ ޖުމްލަ%45 އަށް ވުރެ މަތިވާން ވާނެއެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 ނޮވެމްބަރ 2019 ދުވަހުގެ 13:00 ގެ ކުރިން ތ.ތިމަރަފުށީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީމެއިލް އެޑްރެހަކީ: [email protected] އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓާރވިޔޫ /ޕްރެސެންޓޭޝަން އޮންނާނެ ތަނާއި މުއްދަތު

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ 26 ނޮވެމްބަރ 2019 އާއި 12 ޑިސެމްބަރ 2019 އާއި ދެމެދު ތ.ތިމަރަފުށީ ކައުންސިލް އިދާރާ ގައި ނުވަތަ އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. ވުމާއިއެކު، މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެތާރީޚްތަކުގައި އިންޓަރވިއުއަށް ޙާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ. އިންޓަރވިއު ބާއްވާނެ ތަނާއި ދުވަހަށް ބަދަލު އަތުވެއްޖެނަމަ އެކަން ހުރިހާ ފަރާތްތަކަށް އެންގޭނެއެވެ.

ޝޯޓްލިސްޓް ކުރުން

މިވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، އެންމެ މަތީ މާރކްސް ލިބޭ 10ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިތުރުމަޢުލޫމާތު

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި މި އިދާރާގެ 6780702 ނަންބަރު ފޯނަށެވެ. އީމެއިލް  ކުރާނީ [email protected] އަށެވެ.

17 ރަބީޢުލްއައްވަލު    1441

14 ނޮވެމްބަރ       2019

 

                                                                        އިސްމާޢީލް  އިބުރާހިމް

                                                                        ކައުންސިލްގެ ރައީސް

14 ނޮވެންބަރު 2019
ހޯދާ