ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ ނޮވެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް ސީ.އޭ.އީ އާއި ސީ.ޕީ.އީ އިމްތިޙާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުން

                                        ނަންބަރު: IUL)120/1/2019/60 )

އިޢުލާން

2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް ސީ.އޭ.އީ އާއި  ސީ.ޕީ.އީ އިމްތިޙާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުން

2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްބްރިޖް އިންގްލިޝް ސީ.އޭ.އީ އާއި ސީ.ޕީ.އީ އިމްތިޙާނުގެ ސްޓޭޓްމަންޓް އޮފް އެންޓްރީ 2019 ނޮވެމްބަރު 14 ވަނަ ދުވަހުން ފެށިގެން 2019 ނޮވެންބަރު 20 ގެ ނިޔަލަށް މިޑިޕާޓްމަންޓުންނާއި އެކެންޑިޑޭޓަކު އިމްތިޙާނުގައި ބައިވެރިވި ސެންޓަރަކުން ދޫކުރާނެއެވެ. މިޑިޕާޓްމަންޓަންޓުން ސްޓޭޓްމަންޓް އޮފް އެންޓްރީ ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 0830 ން 1330އަށެވެ.  

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސްޓޭޓްމަންޓް އޮފް އެންޓްރީއާ ޙަވާލުވުމަށް އަންނައިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެނައުން އެދެމެވެ. ބަދަލުގައި މީހަކު ފޮނުވާނަމަ، ކެންޑިޑޭޓުގެ އައިޑީ ކާޑާއި، ޙަވާލުވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ.

ސްޓޭޓްމަންޓް އޮފް އެންޓްރީގައި އެއްވެސް މައްސަލައެއްވާނަމަ، 2019 ނޮވެމްބަރު 20 ވަނަ ދުވަހުގެ 1200 ގެ ކުރިން ލިއުމަކުން މިޑިޕާޓްމަންޓަށް ހުށަހެޅުއްވުން އެދެމެވެ.

            17 ރަބީޢުލްއައްވަލް 1441

            14 ނޮވެމްބަރު    2019

14 ނޮވެންބަރު 2019
ހޯދާ