ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެޏްޓް ޑިރެކްޓަރ

                                                             ނަމްބަރ: (IUL)239-AHRI/239/2019/36

އިޢުލާން

ވަޒީފާގެ ފުރުޞަތު.

މަޤާމް:                    އެސިސްޓެންޓް ޑިރެކްޓަރ

މަޤާމްގެ ނަމްބަރ:             J-313363

ބޭނުންވާ ޢަދަދު:              1

މަޤާމްގެ ގިންތި:              ދާއިމީ

މަޤާމްގެ ރޭންކް:              MS3

މަޤާމްގެ ކްލެސިފިކޭޝަން:        ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:        ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާ / ތ ވޭމަންޑޫ.

މުސާރަ:                   -/7035 ރުފިޔާ ( މަހަކު )

ސަރވިސް އެލަވަންސް:          -/2000 ރުފިޔާ ( މަހަކު )

 

އެހެނިންހެން އެލަވަންސް:                    

  1.  ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. ޓެކްނިކަލްކޯ އެލަވަންސް: މަޤާމްގެ ކޯ ޑިސިޕްލިން ކަމުގައިވާ ޕްރޮޖެކްޓް މެނޭޖްމަންޓް ނުވަތަ ސްޓެޓިސްޓިކްސް ނުވަތަ ރިސަރޗް ނުވަތަ އެޕްލައިޑް މެތަމެޓިކްސް ދާއިރާއިން މޯލްޑިވްސް ނެޝަނަލް ފުރޭމްވޯކް ލެވެލް 7 އިން ފެށިގެން މަތީ ސެޓްފިކެޓެއް އޮތަނަމަ ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މުސާރައިގެ 28% ހަމަޖެހޭނެއެވެ.
  5. ސަޕޯޓިންގ ކޯ އެލަވަންސް: މަޤާމްގެ ޓެކްނިކަލް ކޯ އަށް ޝަރުތު ފުރިހަމަ ނުވާނަމަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ -/900 ރުފިޔާ (މަހަކު).

މަޤާމްގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

  1. އަތޮޅާއި ރަށުފެންވަރުގައި ހިންގޭ ތަފާސްހިސާބުގެ ތަމްރީން ޕްރޮގްރާމްތައް ވިލަރެސްކުރުން
  2. ބޯހިމެނުމާއި ސަރވޭތަކުގައި އަތޮޅާއި ރަށުފެންވަރުގައި ހަރަކާތްތެރިވާ އިނިއެމަރޭޓަރުންނާއި ސުޕަވައިޒަރުން ތަމްރީންކުރުމާއި، އަތޮޅާއި، ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް ސްޕަވައިޒްކޮށް ވިލަރެސްކުރުން.
  3. އަތޮޅާއި ރަށުފެންވަރުގައި ތަފާސްހިސާބު އެއްކުރުމުގެ މަސައްކަތް އަމަލީގޮތުން ބައިވެރިވުން
  4. އަތޮޅުގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭނާއި ބިޒްނަސް ޕްލޭން ހެދުން.
  5. ޢަމަލު ކުރަމުންދާ ތަރައްޤީގެ ޕްލޭންގެ މުއްދަތު ހަމަވުމުގެ ކުރިން ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށްކުރިޔަށް އޮތް 5 އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން ލޯކަލް ގަވަރމަންތް އޮތޯރިޓީ އަށް ފޮނުވުން.
  6. ކޮންމެ އަހަރެއްގެ އޯގަސްޓްމަހުގެ ނިޔަލަށް ތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިޔަށް އޮތް އަހަރުގެ މަސައްކަތު ތާވަލް ބަޖެޓާއެކު ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަށް ފޮނުވުން.
  7. އަތޮޅާއި ރަށު ފެންވަރުގައި ހިންގޭ އެކިއެކި ސަރވޭތަކުގެ ލިސްޓާއި ރިކޯޑް ބެލެހެއްޓުން.
  8. ބޯހިމެނުމާއި ސަރވޭތަކަށް ބޭނުންވާ ރަށުގެ ޗާޓުތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  9. ރަށްރަށުގައި ހިންގަމުންދާ ޕްރޮޖެކްޓްތަކުގެ މައުލޫމާތު އެއްކޮށް ބެލެހެއްޓުން.
  10. ސަރުކާރުގެ އެކިއޮފީސްތަކުން އަތޮޅާއި ރަށުފެންވަރުގެ އިދާރީ ތަފާސްހިސާބު އެއްކުރުމަށް ބޭނުންކުރާ ފޯމުތައް ފުރިހަމަކުރުން.
  11. ޑީ.އެން.ޕީ ގެ ތަފާސްހިސާބާބެހޭ ޑިވިޝަނުން އެކުލަވާލުމަށް ހަމަޖެހިފައިވާ ރަށްރަށުގެ ތަފާސްހިސާބުގެ އަހަރީފޮތަށް ބޭނުންވާ ރަށުފެންވަރުގެ ތަފާސްހިސާބު ފޯރުކޮށްދިނުމާއި، ތަފާސްހިސާބާބެހޭ ޑިވިޝަނަށް މަސައްކަތް ހިނގާގޮތުގެ މައުލޫމާތުދީ ގަވައިދުން ރިޕޯޓްކުރުމާއި ކަމާބެހޭ ބައްދަލުވުންތަކުގައި ބައިވެރިވުން.
  12. ކޮންމެ އަހަރެއްގެ ޖުލައި މަހުގެ ނިޔަލަށް ރަށުތަރައްޤީގެ ޕްލޭނަށް ބިނާކޮށް ކުރިޔަށް އޮތް އަހަރުގެ މަސައްކަތު ތާވަލްރަށުކައުންސިލުން ހޯދުން.
  13. ރަށު ކައުންސިލްތަކުން ފޮނުވުމަށް ލާމަރުކަޒީ ޤާނޫން ލާޒިމްކުރާ އެންމެހާ ރިޕޯޓްތައް ދިރާސާކޮށް އަޅަން ޖެހޭ ފިޔަވަޅުތަކާއި އިސްލާހްކުރަންޖެހޭކަންކަން ފާހަގަކޮށް ރިޕޯޓް ތައްޔާރުކޮށް ފިލަޔަޅުތައް އެޅުން
  14. ތަފާސްހިސާބާ ބެހޭ އެންމެހާ މަސައްކަތްތައް ކުރުން
  15. މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ޓޫރިޒަމްފަދަ މަސައްކަތްތަކުން އަތޮޅުގެ އިޤްތިޞާދަށްކުރާ އަސަރުތައް ދެނެގަތުމަށްޓަކައި ބޭނުންވާ ދިރާސާތައްކޮށް މަޢުލޫމާތު އެއްކޮށް ބެލެހެއްޓުން
  16. ރަށްރަށުގެ ތަރައްޤީއަށް ހިންގޭ އެކިއެކި ޕްރޮޖެކްޓްތައް މޮނިޓަރ ކޮށް ބެލެހެއްޓުން.

 

 

ވަޒީފާއާއިގުޅޭ ދާއިރާތައް:

  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • ސްޓެޓިސްޓިކްސް
  • ރިސަރޗް.

ތަޢުލީމީ ރޮގުތައް:

  • އެޕްލައިޑް މެތަމެޓިކްސް.
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމަންޓް
  • ޕްރޮޖެކްޓް މެނޭޖްމަންޓް.
  • ރިސަރޗް
  • ސްޓެޓިސްޓިކްސް.

 

މަޤާމްގެ ޝަރުތުތައް:

  1. މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ.

  2.              މަގާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު ( ފުރިހަމަކޮށް ހުށަހަޅަންޖެހޭ

ވަޒީފާއަށް އެދޭ ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަން http://www.csc.gov.mv/dv ގެވެބްސައިޓް މި ފޯމު ޑައުންލޯޑްވެސް ކުރެވޭނެއެވެ.)

  1. ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު ( މޯބައިލް ނަމަބަރ އަދި އީމެއިލް ހިމެނޭގޮތަށް )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ލިބިފައިވާ ތައުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ.

 (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ:

  ނުވަތަ

ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8. . މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

 

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން: ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

-          ތަޢުލީމާއި ތަމްރީނު: %35

-          އިމްތިހާން: %5

-          މަސައްކަތުގެ ތަޖްރިބާ:

-          ލިބިފައިވާ ހުނަރު: %45

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ:

-          ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ އިދާރާއަށް.

-          އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން މެއިލް ކުރާނީ: [email protected]

-          ތަކެތި ބަލައިގަންނާނީ އިޢުލާނުގެ މުއްދަތުގައި ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 13:00 އާއި ދެމެދުގައެވެ.

 

ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ:

24 ނޮވެމްބަރ 2019 ބުރާސްފަތި ދުވަހު 13:00 ގެ ކުރިން. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

އިންޓަވިއު  އަދި ޕްރެޒެންޓޭޝަން:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު ، ޕްރެޒެންޓޭޝަން އޮންނާނީ 25 ނޮވެމްބަރ 2019 އިން 28 ނޮވެމަބަރ 2019 އާއި ދެމެދު ކޮޅުމަޑުލު އަތޮޅު ކައުންސިލް އިދާރާގައެވެ.

ޝޯޓްލިސްޓް ކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި އިދާރާގެ 6780739 ނަމްބަރު ފޯނަށް ނުވަތަ 7909242 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

               17 ރަބީޢުލްއައްވަލް   1441

               14 ނޮވެމްބަރ      2019

 

   

 

14 ނޮވެންބަރު 2019
ހޯދާ