މަޤާމް:
|
އެޑްމިނިސްޓްރޭޓިވް އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-278174
|
ބޭނުންވާ އަދަދު:
|
1 ( އެކެއް)
|
މަޤާމުގެ ގިންތި:
|
ވަގުތީ
|
މަޤާމުގެ ރޭންކް:
|
ޖީ.އެސް. 3
|
މަޤާމުގެ ކްލެސިފިކޭޝަން:
|
އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ރ. ކިނޮޅަހު ޞިއްޙީމަރުކަޒު
|
މުސާރަ:
|
މަހަކު -/4465 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/1500 ރުފިޔާ
|
ރިސްކް އެލެވަންސް:
ސަޕޯޓިންގ ކޯ އެލަވަންސް:
|
-/25 ރުފިޔާ (މަސައްކަތަށް ހާޟިރުވާ ދުވަހަކަށް)
-/700 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ދަންފަޅި އުސޫލުން މަސައްކަތްކުރައްވާނަމަ ސިވިލް ސަރވިސްގެ ގަވާއިދުގައިވާ ގޮތުގެ މަތިން ލިބޭ ފައިސާ.
|
|
މަޤާމްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ރަސްމީ ގަޑީގައި މަރުކަޒު ހުޅުވާ ބަންދުކުރުމާއި މުވައްޒަފުންގެ ޙާޟިރީ ބެލެހެއްޓުން.
- މަރުކަޒުން ބަލަހައްޓަންޖެހޭ ފައިސާގެ ކަންތައްތައް ހަމަޖެހިފައިވާ އުސޫލުން ޤަވައިދުތަކާއި އެއްގޮތްވާގޮތުގެމަތިން ބެލެހެއްޓުން.
- ލިޔެކިޔުމުގެ މަސައްކަތްތައްކުރުން - ޞިއްޙީމަރުކަޒަށް ލިބޭ ލިޔުންތައް އެންޓްރީ ކުރުމާއި ފައިލްކުރުން.އަދިޞިއްޙީ މަރުކަޒުގައި ލިޔަންޖެހޭ ސިޓީއާއި މެސެޖް އަދި ރިޕޯރޓުތައް ލިޔެ ޤަވައިދުން ފޮނުވާ ބެލެހެއްޓުން.
- ޞިއްޙީ މަރުކަޒުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމުން އަދި އިދާރީ ރިޕޯރޓްތައް ތައްޔާރުކޮށް ދުވަހުން ދުވަހަށް އަދި މަހުން މަހަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން
- މަރުކަޒަށް ބޭނުންވާ ތަކެތި ހޯދުމާއި ނެގޭ ތަކެތީގެ ސްޓޮކް އަދި އިންވެންޓްރީ ބެލެހެއްޓުން
- މުވައްޒަފުންގެ ހާޞިރީ ބެލެހެއްޓުމާއި، އަދި ކޮންމެ މަހެއް ނިމުމުން އެމަހެއްގެ ހާޞިރީ ރިޕޯރޓް ހެދުން، މުވައްޒަފުންގެ ޗުއްޓީރިކޯރޑްތައް، ޕާރސަނަލް ފައިލްތަކާއި އަދި އެނޫންވެސް ފައިލްތައް ހަދާ ބެލެހެއްޓުން.
- މުވައްޒަފުންގެ މުސާރަ އާއި ބެހޭ އެންމެހާ ހިސާބުތައް ހަދާ މުސާރޝީޓް ތައްޔާރުކޮށް ކޮންމެ މަހަކު ކަނޑައެޅިފައިވާ ތާރީޙްގެ ކުރިން އުނގުފާރު ރީޖަނަލް ހޮސްޕިޓަލަށް ފޮނުވުން
- ޞިއްޙީ މަރުކަޒުގެ ކޮންމެ މަހެއްގެ ހަރަދު ރިޕޯރޓްހަދައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި އެދުން، އަދި މިފައިސާ ލިބުމުން ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރުން.
- ޞިއްޙީ މަރުކަޒަށް އާމްދަނީގެ ގޮތުގައި ލިބޭފައިސާ މަހުން މަހަށް ޖަމާކުރުން.
- މަރުކަޒަށް ޒިޔާރަތް ކުރައްވާ ޞިއްޙީ ޓީމްތަކުގެ މަސައްކަތްތަކުގައި މަރުކަޒުހިނަގުމާއި ހަވާލުވެ ހުންނަވާ އިސްވެރިޔާގެ ލަފާގެ މަތިން އެހީތެރިވުން.
- ރީޖަނަލް ހޮސްޕިޓަލް/ އަތޮޅު ހޮސްޕިޓަލް/ ޞިއްޙީ މަރުކަޒަށް ފޮނުވަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުމާއި ޤަވައިދުން ފޮނުވުން
- މަރުކަޒުގެ މަރާމާތުގެ ކަންކަން ބެލެހެއްޓުން.
- މިގެ އިތުރުނވެސް ޞިއްޙީ މަރުކަޒު ހިންގުމާއި ހަވާލުވެ ހުންނަވާ ވެރިއެއްގެ މަސައްކަތުގައި އެހީތެރިވެ، ކުރަންޖެހެ މުހިންމު މަސައްކަތްތަކުގައި ބައިވެރިވެ ޢަމަލީ ގޮތުން ހަރަކާތްތެރިވުން.
|
|
މަޤާމުގެ ޝަރުތުތައް:
|
ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ،ގެޒެޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ. އަދި މި މަރުކަޒުގެ ރިސެޕްޝަން ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
|
މަޤާމަށް ޢައްޔަނުކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %45 (ސާޅިސް ފަހެއް) އިންސައްތަވުރެ މަތިވާންޖެހޭނެއެވެ.
ސަޕޯޓް އޮފިސަރ (ޖީ.އެސް 1 އިން ޖީ. އެސް 4 އަށް)
|
ދާއިރާ
|
ބެލޭނެ ބައިތައް
|
މާކްސް
|
އިންސައްތަ
|
ކެޓެގަރީގެ ޖުމްލަ އިންސައްތަ (%)
|
ތަޢުލީމާއި ތަމްރީން
|
ލިބިފައިވާ ތަޢުލީމު
|
35
|
35
|
40
|
މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު
|
30
|
5
|
އިމްތިޙާން
|
"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"
|
12
|
5
|
5
|
މަސައްކަތު ތަޖުރިބާ
|
މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ
|
33
|
10
|
10
|
ލިބިފައިވާ ހުނަރު
|
އިންޓަރވިއު /ޕްރެކްޓިކަލްސް
|
100
|
45
|
45
|
ޖުމްލަ
|
210
|
100
|
100
|
|
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 13.30 ގެ ކުރިން، މި މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލްކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ.އަދި ފެކްސް ނަންބަރަކީ 6580401އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
|
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، މި ހިނގާ ނޮވެމްބަރ މަސް ނިމުމުގެ ކުރިން ރ. ކިނޮޅަހު ޞިއްޙީމަރުކަޒުގައެވެ.
|
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6580401 ނަންބަރު ފޯން އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6580401 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|
|
|
16 ރަބީއުލްއައްވަލް 1441
13 ނޮވެމްބަރ 2019
|
|