ނެއްލައިދޫ ޞިއްހީ މަރުކަޒު
ދިވެހިރާއްޖެ
ހދ.ނެއްލައިދޫ ޞިއްޙީމަރުކަޒުގައި މޯބައިލް ލެބޯޓަރީގެ ހިދުމަތް ގާއިމް ކުރުމަށް،މިމަރުކަޒުން ހަވާލް ކުރެވޭ ސާމްޕަލް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ފޯރުކޮށްދިނުން

                       މި ޞިއްޙީމަރުކަޒުގައި މޯބައިލް ލެބޯޓަރީގެ ހިދުމަތް ގާއިމްކުރުމަށްޓަކައި، މިމަރުކަޒުން ނެގޭ ސާމްޕަލްތައް ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްދޭނެ ފަރާތެއް ބޭނުންވެއްޖެއވެ.

                       ވީމާ މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 13 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުން ފެށިގެން 25 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ ނިޔަލަށް، އޮފީސް ހުޅިވިފައި ހުންނަ ދުވަސްތަކުގެ ހެނދުނު 09:00 އިން 12:00 އާއި ދޭތެރޭ މި ޞިއްޙީމަރުކަޒުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 26 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.  

                       އަންދާސީ ހިސާބު ހުށަހެޅުން، 04 ޑިސެމްބަރ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.  

                       މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 26 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected]   އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

13 ނޮވެންބަރު 2019
ހޯދާ