ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާއި ބެހޭ ގަވާޢިދަށް ގެނެވުނު އިސްލާޙާއި ގުޅިގެން އެހީއަށް އެދި ހުށަހަޅާ ފޯމް މުރާޖަޢާކުރުން

އިޢުލާން

 

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާއި ބެހޭ ގަވާޢިދަށް ގެނެވުނު އިސްލާޙާއި ގުޅިގެން އެހީއަށް އެދި ހުށަހަޅާ ފޯމް މުރާޖަޢާކުރުން

 

           ގަވާޢިދު ނަންބަރ R-39/2016 (އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާއި ބެހޭ ގަވާޢިދު) ގެ ދަށުން "އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާބެހޭ ފޯމު" ވަނީ މުރާޖަޢާ ކުރެވިފައެވެ.

           މިގޮތުން ފަޤީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީއެހީގެ ޕްރޮގްރާމްގެ ދަށުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް 31 ޑިސެމްބަރ 2019 ގެ ކުރިން އަލަށް ތައާރަފްކުރެވުނު ފޯމް މެދުވެރިކޮށް އަލުން އެހީއަށް އެދި ހުށަހެޅުމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީއިން އަންގާފައިވެއެވެ.

           ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. 

12 ނޮވެންބަރު 2019
ހޯދާ