މޯލްޑިވްސް ކަސްޓަމްސް ސަރވިސް
                    
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހަށް ބޭނުންވާ ހާޑްޑިސްކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް
                                މިއޮފީހުން ދޭ މަޢުލޫމާތާއި އެއްގޮތަށް، މިއޮފީހަށް ބޭނުންވާ ހާޑްޑިސްކް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)14-PR/1/2019/57 (31 އޮކްޓޫބަރު 2019) އިޢުލާނަށް މަޢުލޫމާތު ސާފުކުރުމަށް 2 ފަރާތުން ހާޒިރުވެފައިވާތީ، އެއިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ.
ވީމާ، މިއިޢުލާނާއި އެކު އެޓޭޗު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހުގައިވާ ގޮތަށް މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 20 ނޮވެމްބަރު 2019 ވާ ބުދަ ދުވަހުގެ 11:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު 3334113 / 3334103 ފޯނަށް ގުޅުއްވުން އެދެމެވެ.
             12 ނޮވެންބަރު 2019
            
        
                    ހޯދާ  
                
                 
                    