ދިވެހިރާއްޖެ
ދާންދޫ ފުޓްސަލްދަނޑުގެ މަރާމާތް ކުރުމުގެ މަސައްކަތާއި ބެހޭ
ދާންދޫ ފުޓްސަލްދަނޑު މަރާމާތް ކުރުމުގެ މަސައްކަތް މިއިދާރާއިން ދޭ މައުލޫމާތާއި އެއްގޮތަށް، އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން މިމަސައްކަތާއި ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަނަށް ވަޑައިގެން، ބިޑްޑޮކިއުމަންޓްސް ކަރުދާސްތައް ގަތުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. "ބިޑްޑޮކިއުމަންޓްސް" ގެ އަގަކީ 100.00 (އެއް ސަތޭކަ) ރުފިޔާ އެވެ. (މިފައިސާ އަކީ އަނބުރާ ލިބޭނެ ފައިސާއެއް ނޫނެވެ.)
ތަފްސީލް |
ތަން |
ތާރީޚް |
ދުވަސް |
ވަގުތު |
މައުލޫމާތު ސާފުކުރުމުގެ ސެޝަން |
ގއ.ދާންދޫ ކައުންސިލްގެ އިދާރާ |
18 ނޮވެމްބަރ 2019 |
ހޯމަ |
13:00 |
އަންދާސީ ހިސާބު ހުށަހެޅުމުގެ ސެޝަން |
ގއ.ދާންދޫ ކައުންސިލްގެ އިދާރާ |
25 ނޮވެމްބަރ 2019 |
ހޯމަ |
13:00 |
މައުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމަށް ބަދަލުގައި އެހެންފަރާތެއް މެދުވެރިކޮށް ހާޒިރުވާނަމަ އެފަރާތަކާއި އެކަން ހަވާލުކުރި ކަމުގެ ލިއުން ވަކިން ހުށަހަޅަންވާނެވެ. އަދި މިމަސައްކަތް ކުރުމަށް މިއިދާރާއިން ބަލައި ގަންނާނީ ހަމައެކަނި ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ހުށަހަޅާ ބިޑްތަކެވެ. މިނޫން ގޮތަކަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
މާކްސް ދެވޭގޮތުގެ ތަފްސީލު:
- ބިޑް އިވެލުއޭޓް ކުރާނީ މި ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ބިޑް އިވެލުއޭޝަން ކޮމިޓީއަކުންނެވެ.
- ބިޑް އިވެލުއޭޝަން ކޮމިޓީއިން އަންދާސީ ހިސާބުތައް އިވެލުއޭޓްކުރުމަށް ފަހު، އަންދާސީ ހިސާބު ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އަންގައިދެވޭނެއެވެ.
- ބިޑް އިވެލުއޭޝަނާއި ގުޅިގެން ބިޑް ކަނޑާތާ 05 ދުވަހުގެ ތެރޭގައި، އެއްވެސް ޝަކުވާއެއް އޮތްނަމަ މި ކައުންސިލްގެ އިދާރާއަށް ސިޓީއަކުން ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ.
ފޯމިއުލާ |
ތަފުސީލު |
މާކްސް ދެވޭ ގޮތް |
މާކްސްދެވޭ ކްރައިޓީރިއާ |
(Benchmark Price / Submitted Price) x Allocated Percentage |
v މަސައްކަތުގެ ޖުމްލަ އަގަށް ދޭ މާކްސް v މާކްސް ދެވޭނީ ހުށަހަޅާފައިވާ އަގުތަކާއި، މި އިދާރާއިން އަންދާސާކުރާ އަގާއި އަޅައި ބަލާއިރު އެންމެ އެކަށީގެންވާ ކަމަށް މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އަގަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. v މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ އަގު ހުށަހަޅާ ފަރާތަކަށެވެ. |
65% |
އަގު |
( Submitted years of experience / Benchmark years ) x Allocated Percentage |
v މިފަދަ މަސައްކަތުގައި ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރު v މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން ހުށަހަޅާ މަސައްކަތު ތަޖުރިބާއިން ހޭދަވި މުއްދަތާއި އަދި ކުރެވިފައިވާ މަސައްކަތުގެ މިންވަރާއި އަޅައި ބަލައި މިއިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ އެންމެ ތަޖުރިބާ ރަނގަޅު ފަރާތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ ފަރާތެއްގެ މެދުގައި ލިބޭ % އެއް v މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ މިއިދާރާގެ ބިޑް އިވެލިއޭޝަން އިން ބެންޗް މާރކްގެ ގޮތުގައި ކަނޑައަޅާ ފަރާތަކަށެވެ. |
20% |
ތަޖުރިބާ |
(Benchmark Delivery Period / Submitted Delivery Period) x Allocated Percentage |
v މަސައްކަތް ކުރުމަށް ހުށަހަޅާ މުއްދަތަށް ދެވޭ މާރކްސް v މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަން އިން ފާސްވާ ފަރާތްތަކުން މަސައްކަތް ކުރުމަށް ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗްމާކެއް ކަމުގައި ބަލައިގެން ހުރިހާ މުއްދަތެއްގެ މެދުގައި ލިބޭ % އެއް v މިގޮތުން މި ކްރައިޓީރިއާއިން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތު ހުށަހެޅި ފަރާތަ |
15% |
މަސައްކަތް ނިންމާ މުއްދަތު |
އަންދާސީ ހިސާބު ހުށަހެޅުމާއި ބަލައިގަތުން
އަންދާސީ ހިސާބު ހުށަހަޅާނީ 25 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00ގައި މިއިދާރާއަށް ސިޓީ އުރައެއްގައި ބަންދުކޮށްފައެވެ. އަންދާސީ ހިސާބު އެހެންފަރާތެއް މެދުވެރިކޮށް ހުށަހަޅުއްވާނަމަ އެފަރާތަކާއި އެކަން ހަވާލުކުރި ކަމުގެ ލިއުން ވަކިން ހުށަހަޅަންވާނެވެ. މިނޫން ގޮތަކަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.
މި ކަމާއި ގުޅިގެން އަންދާސީ ހިސާބު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މި މަސައްކަތް ކުރުމަށް ޙަވާލު ކުރެވޭނީ މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން އެންމެ ގިނަ ޕޮއިންޓް ލިބޭ ފަރާތަށެވެ.
މި މަސައްކަތް ކުރެވޭނީ މި ކަން ކުރުމަށް ހޮވޭފަރާތާއި މި ކައުންސިލް އާއި ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުންނެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.
10 ރަބިއުލްއައްވަލް 1441