ދިވެހިރާއްޖެ
އިޢުލާން |
މޯލްޑިވްސް ޕޮލިޓެކްއިން 2020 ވަނަ އަހަރު ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކާއި ގުޅޭ:
މޯލްޑިވްސް ޕޮލިޓެކްނިކްއިން 2020 ވަނަ އަހަރުގެ ޖެނުވަރީ އިންޓޭކްގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އާއްމުކޮށް ހުޅުވާލެވިފައިވާތީ، މިރަށުގެ ބޭފުޅުންނަށްވެސް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތްވާހަކަ ދަންނަވަމެވެ.
ކޯސްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ފުރިހަމަކުރެއްވުމަށްފަހު މޯލްޑިވްސް ޕްލިޓެކުނިކްގެ އީމެއިލް [email protected] އަށް ފޯމު ހުށަހެޅުއްވިދާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް މޯލްޑިވްސް ޕޮލިޓެކްނިކުގެ ވެބްސައިޓް www.polytechnic.edu.mv އިން އަދި ކެންޕަސްތަކުން ލިބެންހުންނާނެއެވެ. ކޯހަށް ކުރިމަތިލުމުގެ އެންމެފަހު މުއްދަތަކީ 28 ނޮވެންބަރ 2019 ވާ ބްރާސްފަތި ދުވަހުގެ 14:00 އެވެ. އަދި މީގެ އިތުރުން މޯލްޑިވްސް ޕޮލިޓެކްނިކްގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެޕްލައިކުރުމުގެ ފުރުސަތުވެސް ހުޅުވިފައިވާ ވާހަކަ ދަންނަވަމެވެ.
ކޯސްތަކާއިބެހޭ އިތުރު މަޢުލޫމާތު 3305404 ފޯނުން ލިބިވަޑައިގަންނަވާނެއެވެ.
ޝުކުރިއްޔާ
10 ރަބީޢުލްއައްވަލް 1441