ދިވެހިރާއްޖެ
ކުނަހަންދޫ ސްކޫލު
ލ.ކުނަހަންދޫ / ދިވެހިރާއްޖެ
ނަމްބަރު: GS-184/IUL/2019/31 ތާރީޚް: 07 ނޮވެމްބަރ 2019
އެޑްމިނިސްޓްރޭޓިވް އޮފިސަރ |
މަޤާމްގެ ނަން: |
1 |
ބޭނުންވާ އަދަދު |
J-231607 |
މަޤާމުގެ ނަންބަރު: |
ދާއިމީ |
މަޤާމުގެ ގިންތި: |
ޖީއެސް 3 |
މަޤާމުގެ ރޭންކް: |
އޮފިސަރ ގްރޭޑް 2 |
މަޤާމުގެ ކްލެސިފިކޭޝަން: |
އެޑްމިން |
ސެކްޝަން: |
ކުނަހަންދޫ ސްކޫލް |
މަޤާމް އޮތް އޮފީސް: |
ކުނަހަންދޫ ސްކޫލް ،ލ.ކުނަހަންދޫ |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
-/4465 ރުފިޔާ |
މުސާރަ: |
-/1500 ރުފިޔާ |
ސަރވިސް އެލެވަންސް: |
އިތުރު ޢިނާޔަތްތައް:
|
|
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަށް
* މުވައްޒަފުންގެ ސަލާމާއި، ޗުއްޓީގެ ރިކޯޑްތައް ބެލެހެއްޓުން.
* މުވައްޒަފުންގެ މަސައްކަތު ފެންވަރު ވަޒަންކުރުމާބެހޭ އިދާރީ މަސައްކަތްތައް ކުރުން.
* މުވައްޒަފުންގެ ހާޒިރީ ރެކޯޑް ބެލެހެއްޓުމާއި، ހާޒިރީ ރިޕޯޓް މަހުން މަހަށް ތައްޔާރުކުރުން.
* މުވައްޒަފުންގެ ވަޒީފާއާ ގުޅޭގޮތުން މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް ތައްޔާރުކުރުން.
* ސްކޫލުގެ އިންވެންޓްރީ ބަރާބަރަށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިންވެންޓްރީއަށް ވައްދަންޖެހޭ އެއްޗެހި ދުވަހުން ދުވަހަށް އިންވެންޓްރީއަށް ވައްދައި، ނައްތައިލަންޖެހޭ އެއްޗެހި ނައްތައިލުން
* ސްކޫލުން ކުރިއަށްގެންދާ އިތުރު ހަރަކާތްތަކުގައި ބައިވެރިވުމާއި، ސްކޫލުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
* ޓީޗަރުން ހަވާލުކުރާ ވޯކްސީޓްތަށް ޕްރިންޓްކުރުން
* ސްކޫލަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުން.
ޝަރުތު:
- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ނުވަތަ
- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިންތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތަކުގެ އިންސައްތަ:
1- މަޤާމުގެ މަސައްކަތާއި ގުޅޭދާއިރާއަކުން ލިބިފައިވާ ތަޢުލީމު (ކަނޑައެޅިފައިވާ އިންސައްތަ %35)
2- މަޤާމުގެ މަސައްކަތާކުޅޭ ދާއިރާއަކުންލިބިފައިވާ ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ %5)
3- ސިވިލްސާރވިސް އަށް ވަނުމަށް ދެވޭ އިމްތިޙާނު (ކަނޑައެޅިފައިވާ އިންސައްތަ %5)
4- މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ )
5- ލިބިފައިވާ ހުނަރު- އިންޓަވިއު (ކަނޑައެޅިފައިވާ އިންސައްތަ %45)
ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާބަޔަކުން ލިބުނު ޕޮއިންޓްުގެ ޖުމްލަ %45(ސާޅީސްފަހެއް) އިންސައްތައަށްވުރެ މަތި ވާންޖެހޭނެއެވެ.
|
|
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދާ ރެފަރެންސް ޗެކުފޯމް |
ހުށަހަޅަންޖެހޭ ލިޔުންތައް:
|
ވަޒީފާއަށް އެދޭ ފޯމު މި ސްކޫލް (ކުނަހަންދޫ ސްކޫލް)ގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލްސާވިސްގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 20 ނޮވެމްބަރ 2019ވާ ބުދަދުވަހުގެ 14:00 ގެ ކުރިން، ކުނަހަންދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected]އެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލައް ބަންދު ދުވަހެއް ކަޑައަޅައިފި ނަމަ، އެކަޑަ އަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައި ގަނެވޭނެ އެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 21 ނޮވެމްބަރ 2019 އާއި 28 ނޮވެމްބަރ 2019 އާ ދެމެދު، ކުނަހަންދޫ ސްކޫލް ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
ޝޯޓް ލިސްޓްކުރުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800744 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 6800744އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
އިތުރު މަޢުލޫމާތު ހޯދުން: |
10 ރަބީޢުލްއައްވަލް 1441
07 ނޮވެމްބަރ 2019