ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ޓްރައިބިއުނަލް އޮފިސަރ (ވަގުތީ)

މި ޓްރައިބިއުނަލުގެ ނަނންބަރ: (IUL)223/1/2019/12 އިޢުލާނަށް އެކަށީގެންވާ ތަރުޙީބު ލިބިފައިނުވާތީވެ،

އެ މަޤާމަށް މީހަކު ހޯދުމަށް އަލުން އިޢުލާނު ކުރަމެވެ.

މަޤާމް:

އެސިސްޓެންޓް ޓްރައިބިއުނަލް އޮފިސަރ (ވަގުތީ)

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

ލީގަލް އެންޑް އެސަސްމަންޓް ސެކްޝަން

މުސާރަ، ޢިނާޔަތްތަކާއެކު:

މަހަކު 9,100/-ރުފިޔާ

އަދި އިތުރު ގަޑީގައިކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ ލިބޭނޭއެވެ.

ވަޒީގެ މުއްދަތު:

ވަޒީފާ ހަމަޖެހޭ ތާރީޚުން ފެށިގެން 6 މަސް ދުވަސް

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ޓްރައިބިއުނަލްގެ ޤަވާޢިދާއި އެއްގޮތްވާގޮތުގެ މަތީން ބަލައިގަތުމާއި، ރެކޯޑްކުރުން.

- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުން.

- ޓްރައިބިއުނަލުން ބަލަމުންދާ މައްސަލަތަކުގެ އަޑުއެހުންތައް ޓައިޕްކޮށް މައްސަލަ ބަލަމުންދާ މެންބަރުންނަށް ހުށަހެޅުން.

- ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތަކުގެ ފައިލްތައް ބެލެހެއްޓުން.

- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން މައްސަލަ ރައްދުވާ ފަރާތުން ހޯދަންޖެހޭ ޖަވާބު ހޯދުން.

- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޙާޟިރުކުރަންޖެހޭ ފަރާތްތައް ޤަވާޢިދާއި އެއްގޮތަށް ޓްރައިބިއުނަލަށް ޙާޟިރުކުރުމުގެ ކަންތައް ކުރިއަށް ގެންދިއުން.

- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ޗިޓް ރައްދުކުރަންޖެހޭ ފަރާތްތަކަށް ޗިޓް ރައްދު ކުރުމުގެ ކަންތައް ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން އިންތިޒާމްކޮށް، އެކަން ރަނގަޅަށް ކުރިއަށްދާކަން ބަލާ ޔަޤީންކުރުން.

- ޓްރައިބިއުނަލަށް ބަލައިގަންނަ މައްސަލަތަކުގެ ދަފްތަރު ބެލެހެއްޓުން.

- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކުގައި މެމްބަރުންނަށާއި، އެހެނިހެން ވެރީންނަށް ބޭނުންވާ އިދާރީ ސަޕޯރޓް ދިނުން.

- ޓްރައިބިއުނަލުން ބަލަމުންގެންދާ މައްސަލަތައްބަލާ ނިމުމާއިއެކު މައްސަލަ ނިންމި ގޮތުގެ ރިޕޯޓް ތައްޔާރުކުމުގައި ޓްރައިބިއުނަލުގެ މެމްބަރުންނަށް އެހީތެރިވެދިނުން.

- ރިސެޕްޝަން ބަލަހައްޓަންޖެހޭ ޙާލަތްތަކުގައި ރިސެޕްޝަން ބެލެހެއްޓުން.

ޝަރުތު:

- އޭ ލެވެލް ދެ މާއްދާއާއި އޯލެވެލް އިނގިރޭސި އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުން:

 ނުވަތަ

- އޯލެވެލް ހަތަރު މާއްދާއާއި (އިނގިރޭސިއާއިއެކު) އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި، އިސްލާމް  މި މާއްދާތަކުން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

- ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލްކުރައްވާފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

ހުށަހަޅުއްވަންޖެހޭ ތަކެތި:

  1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ: (ވަޒީފާއަށް ހޮވޭ ފަރާތަކުން، ވަޒީފާ ހަމަޖެއްސުމުގެ ކުރިން އެޓެސްޓްކޮށްފައިވާ ސެޓްފިކެޓްތައް ހުށަހަޅަންވާނެއެވެ.)
  1. ވަޒީފާއެއްގައި އުޅުއްވާ، ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. (ވަޒީފާގެ މަސްއޫލިއްޔަތު، އެވަޒީފާގައި ހޭދަވި މުއްދަތާއި އަދި މަސައްކަތުގެ އަޚްލާޤު ހުރިގޮތް ބަޔާންކޮށް.)
  1. ކަރިކިއުލަމް ވިޓާ (ސީވީ)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

      ވީމާ މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 18 ނޮވެމްބަރު 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން މި ޓްރައިބިއުނަލަށް (މއ. ޖަންބުގަސްދޮށުގެ 3 ވަނަ ފަންގިފިލާ) ވަޒީފާއަށް އެދޭ ފޯމް ހުށަހެޅުއްވުން އެދެމެވެ. މި މަޤާމަށް އިންޓަރވިއު ކުރުމަށް ދަންނަވާނީ ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ސޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ވަޒީފާއަށްއެދޭ ފޯމް މި ޓްރައިބިއުނަލުންނާއި އަދި މި ޓްރައިބިއުނަލްގެ ވެބްސައިޓްwww.tat.gov.mv  އިން ލިބިވަޑައިގަންނަވާނެއެވެ.

 

10 ރަބީޢުލްއައްވަލު  1441

07 ނޮވެމްބަރު  2019

07 ނޮވެންބަރު 2019
ހޯދާ