ދިވެހިރާއްޖެ
މިއޮފީހަށް މިދަންނަވާ މަޤާމަށް މީހަކު ބޭނުން ވެއްޖެއެވެ.
މަޤާމު: |
އެސިސްޓެންޓް ޑިރެކްޓަރ |
މަޤާމުގެ ނަންބަރު: |
J-317270 |
ބޭނުންވާ ޢަދަދު: |
01 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިޔަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
||
ރޭންކް: |
އެމް. އެސް.3 (މެނެޖީރިއަލް ސަރވިސް 3) |
||
ސެކްޝަން: |
ޕޮލިސީ ޕްލޭނިންގ، ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓް |
||
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާ |
||
މަޤާމުގެ މުސާރައާއި އިނާޔަތްތައް: |
- މުސާރަ : 7,035/- ރުފިޔާ - ސާރވިސް އެލަވަންސް: 2,000/- ރުފިޔާ - ސަޕޯރޓިންގ ކޯ އެލަވަންސް: 900/- ރުފިޔާ - ޓެކްނިކަލް ކޯ އެލަވަންސް: މުސާރައިގެ %28 (ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދާއިރާ) - ދިވެހިރާއްޖޭގެ ޕެންޝަނާބެހޭޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. - ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެމަތިން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން އެލަވަންސްތައް |
||
މަޤާމުގެ ޝަރުޠުތައް: |
|
||
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް: |
- ކައުންސިލް އިދާރާގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުން - އަތޮޅުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމާއިބެހޭ ކަންކަންކުރުން - ރަށްރަށުގެ ލޭންޑް ޔޫސްޕްލޭން ހެދުމާއި ބިން ދޫކުރުމާއިބެހޭ މަސައްކަތްތައް ބެލެހެއްޓެވުން - ރަށު ކައުންސިލްތައް މޮނިޓަރ ކޮށް ބެލެހެއްޓުމާއި ދޭން ޖެހޭ އިދާރީ އަދި ފަންނީ ލަފާ ފޯރުކޮށް ދިނުން - އަތޮޅު ތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ރާވާ ހިންގުން އަދި މޮނިޓަރ ކުރުން - ކައުންސިލްތަކުގެ ވޯރކް ޕްލޭނާއި ބަޖެޓާއި ލާމަރުކަޒީ ޤާނޫނުގައި ބުނެފައިވާ ރިޕޯރޓްތައް ކަމާއި ބެހޭ ފަރާތްތަކަށް ފޮނުވުން - އަތޮޅުގެ މަސްވެރިކަމާއި، ދަނޑުވެރިކަމާއި، ޓޫރިޒަމްފަދަ އެކުލަވާފައިވާ އިޤްތިޞާދީ ޕްލޭންތައް މޮނިޓަރކުރުމުގެ މަސައްކަތްތައް |
||
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
ނޯޓް: ލިބުނު ޕޮއިންޓުގެ ޖުމްލަ %55 އިންސައްތައަށް ވުރެ މަތިވާންޖެހޭނެއެވެ. |
||
އިންޓަވިއު އަދި ޕްރެކްޓިކަލް އޮންނާނެ ތަނާއި މުއްދަތު: |
މިމަޤާމަށް ކުރިމަތި ލައްވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް އިންޓަވިއުއާއި އިމްތިހާނުކުރުން އޮންނާނީ 2019 ނޮވެމްބަރުމަހުގެ ފަހު ހަފްތާގައި ހދ.އަތޮޅު ކައުންސިލްގެ އިދާރާގައެވެ. |
||
ޝޯޓްލިސްޓް ކުރުން: |
މިވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ފތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
||
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
21 ނޮވެމްބަރ 2019 (ބުރާސްފަތި) ދުވަހުގެ 14:00 ގެ ކުރީން، ސިވިލް ސާރވިސްގެ ވަޒީފާއަށް އެދޭ ފޯމުން، ހދ. އަތޮޅު ކައުންސިލްގެ އިދާރާ އަށް |
||
އިތުރު މަޢުލޫމާތު:
|
އިތުރު މަޢުލޫމާތު ހޯދުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި 14:00 އާ ދެމެދު 6521100 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ. ފެކްސް ނަންބަރަކީ 6528875 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. |
||
ހުށަހަޅަންޖެހޭ ލިޔުންތައް:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ނުވަތަ ބައިނަލް އަޤުވާމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. (ނ) ޤައުމީ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް ތަނެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން. (ރ) އަމިއްލަ ޖަމްޢިއްޔާ / ޖަމާޢަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް ތަނެއްގައި ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން އަދި އެ ޖަމްޢިއްޔާ / ޖަމާޢަތަކީ ހިނގަމުންދާ ޖަމްޢިއްޔާ / ޖަމާޢަތެއްކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން. (ބ) ވަގުތީ ގޮތުން މަޤާމެއްގެ މަސްއޫލިއްޔަތު އަދާކޮށްފައިވާނަމަ، އަދާކުރި މަސްއޫލިއްޔަތުގެ ނަން ނުވަތަ އެ މަސްއޫލިއްޔަތެއް އަދާކުރި މަޤާމުގެ ނަމާއި، އަދާކުރި މަސްއޫލިއްޔަތު ނުވަތަ ވާޖިބުތައް އަދި މަސްއޫލިއްޔަތު އަދާކުރި މުއްދަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެތަނަކުން ދޫކޮށްފައިވާ ލިޔުން. |
09 ރަބީޢުލްއައްވަލު 1441
06 ނޮވެމްބަރ 2019