މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ 10 ސަރަޙައްދެއްގައި 10 ބިލް ބޯޑު ފަރުމާކޮށް ހަދާ ހަރުކުރުމާގުޅޭ

އިޢުލާން

ރަށުގެ 10 ސަރަހައްދެއްގައި 10 ބިލް ބޯރޑް ފަރުމާކޮށް ހަދައި ހަރުކުރުމާއި ގުޅޭ

   

             ރަށުގެ 10 ސަރަހައްދެއްގައި ތިމާވެއްޓާއި ޓޫރިޒަމް އާއި ގުޅޭ 10 ބިލްބޯރޑް ފަރުމާކޮށް ހަދައި ހަރުކޮށްދިނުމުގެ އެންމެހައި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވިފައިވާ ނަންބަރު: (IUL)335-AS/335/2019/89 އިޢުލާން އާއި ގުޅިގެން މައުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ  10 ނޮވެމްބަރ 2019 ވަނަ ދުވަހަކީ ކީރިތި ރަސޫލާގެ އީދު މީލާދީ އާއި ގުޅިގެން ސަރުކާރު ބަންދު ދުވަހަކަށް ވުމުން އެއިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތަށް ފުރުޞަތު ހުޅުވާލަމެވެ.

             ވީމާ، މި މަސައްކަތް ކޮށްދިނުމަށް  ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13  ނޮވެމްބަރ 2019 ބުދަދުވަހުގެ 10:00 މި އިދާރާއަށް ދުރުވެ، މައުލޫމާތު ސާފްކުރެއްވުމަށްފަހު 17 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 12:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

             މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. 

07 ނޮވެންބަރު 2019
ހޯދާ