ދިވެހިރާއްޖެ
އިޢުލާން
ފުޓްސަލްދަނޑު މަރާމާތްކުރުން
ފުޓްސަލް ދަނޑު މަރާމާތު ކުރުމަށް މިކައުންސިލުންކުރި ނަމްބަރު (IUL)308/2019/37 (2019 އޮކްޓޯބަރ 15) އިޢުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އަލުން އެމަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ. މިރަށުގައި ސަރުކާރުން ޤާއިމްކޮށްދެއްވާފައިވާ ފުޓްސަލް ދަނޑުގެ ބައެއް މަރާމާތު މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ނޮވެމްބަރ 21 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ބިޑު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކޮށް ބީލަން ހުށަހެޅޭނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ. ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއިދާރާގެ ނަންބަރު 6580026 އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.