ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

ޤައުމީ ކުތުބުޚާނާގެ ފަރާތުން ލައިބްރަރީ ދާއިރާ ތަރައްޤީކޮށް ކުރިއެރުމަށްޓަކައި މިދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ޕްރޮގްރާމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިތަމްރީންގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން އެބޭފުޅެއްގެ ވަނަވަރު ޤައުމީ ކުތުބުޚާނާގެ ޓްރެއިނިންގ މެއިލްއަށް([email protected])  14 ނޮވެމްބަރ 2019 ގެ 14:00 ކުރިން މެއިލްކުރެއްވުން އެދެމެވެ.   

ތަމްރީނުދެވޭ ދާއިރާ:

ފަންޑަމެންޓަލްސް އިން ލައިބްރަރީ ސަރވިސް

އަމާޒުކުރެވިފައިވާ ފަރާތްތައް:

ލައިބްރަރީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް (ޚާއްސަކޮށް ލައިބްރަރީ ހިންގުމުގައި ޢަމަލީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކަށް)

މީގެ އިތުރުން މި ދާއިރާއަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް

ތަން:

ޤައުމީ ކުތުބުޚާނާގެ އިންސްޓިޓިއުޓް  އޮފް ލައިބްރަރީ އެންޑް އިންފޮމޭޝަން ސަރވިސަސް

މުއްދަތު:

މުއްދަތު: 17 ނޮވެމްބަރ 2019 އިން 05 ޑިސެމްބަރ 2019 އަށް

ވަގުތު:

08:30 އިން 14:00 އަށް

ޖާގަ:

20

މި ތަމްރީން ޕްރޮގްރާމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ލައިބްރޭރިއަން ޒުލްހާނާ އާދަމް (3007282) އަށެވެ.  

                                 09 ރަބީޢުލްއައްވަލް 1441

06 ނޮވެންބަރު 2019
ހޯދާ