ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް
ދިވެހިރާއްޖެ
ތިލަފުށި އަދި ގުޅިފަޅުގައި ހުއްދަނެތި ބަހައްޓާފައިވާ ތަކެއްޗާއި ގުޅޭ

  

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް               Greater Male’ Industrial Zone Limited 

މާލެ، ދިވެހިރާއްޖެ                           MALE’, REPUBLIC OF MALDIVES

 

އިޢުލާން

 

ނަމްބަރު:GMIZL/IUL/LEGAL/2019/010

 

މިކުންފުނީގެ ބެލުމުގެ ދަށުގައިވާ ކ. ތިލަފުއްޓާއި ކ.ގުޅިފަޅުގެ ބިމާއި ފަޅު ހިމެނޭގޮތަށް ޢާންމު ސަރަޙައްދުތަކުގައި މިކުންފުނީގެ ހުއްދަނެތި ބަހައްޓާފައިވާ އެއްގަމާއި ކަނޑުގެ އުޅަނދުތަކާއި، މިނޫން ވެސް މުދަލާއި ތަކެތީގެ ސަބަބުން މިކުންފުނީގެ އޮޕަރޭޝަނަށް ދަތިވަމުންދާތީއާއި، ތިލަފުއްޓާއި ގުޅިފަޅުން ބިން ކުއްޔަށް ނަންގަވާފައިވާ ފަރާތްތަކަށް ދަތިވާތީ، އެތަކެތި ނެންގެވުމަށް މިކުންފުނީގެ ފަރާތުން އެކިފަހަރުމަތިން އަންގާ އެތައް ފުރުޞަތެއް ދެވިފައިވާނެއެވެ. ނަމަވެސް އަދިވެސް މިތަކެތި ނަގާފައިނުވާތީ، ފަހު ފުރުޞަތެއްގެ ގޮތުގައި 01 ޑިސެމްބަރ 2019 ގެ ކުރިން މިތަކެތި ކ. ތިލަފުއްޓާއި ކ.ގުޅިފަޅުގެ ޞަރަހައްދުން ނަގާ ސާފުކުރުމަށް އަންގަމެވެ. އަދި މިމުއްދަތުގައި މިސަރަހައްދުގައިވާ ތަކެތި ނުނަންގަވައިފިނަމަ، މިތަކެތި ނަގައި ނައްތާލުމުގެ މަސައްކަތް މިކުންފުނިން ކުރާނެވާހަކަ ދަންނަވަމެވެ. އަދި މިކަމުގެ ސަބަބުން އެއްވެސް ފަރާތަކަށް ލިބިދާނެ ގެއްލުމަކަށް މިކުންފުނިން ޒިންމާނުވާނެކަމުގައި ދަންނަވަމެވެ.   

08 ރަބީޢުލްއައްވަލް 1441

05  ނޮވެމްބަރ   2019

 

 

Fen Building/ 4th floor                                           ފެން ބިލްޑިންގް/4 ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives                       އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513, 3307515 Fax: 3307514                               ފޯން: 3307513،3307515 ފެކްސް: 3307514 

 

 

 

 

 

 

 

 

 

 

 

Fen Building/ 4th floor                                                            ފެން ބިލްޑިންގް/4 ވަނަ ފަންގިފިލާ

Ameenee Magu, Male’, Republic of Maldives                                        އަމީނީމަގު، މާލެ، ދިވެހިރާއްޖެ

Tel: 3307513, 3307515 Fax: 3307514                               ފޯން: 3307513،3307515 ފެކްސް: 3307514

 

05 ނޮވެންބަރު 2019
ހޯދާ