މަދްރަސަތުލް އިފްތިތާޙް
ދިވެހިރާއްޖެ
ސައުންޑް ސިސްޓަމެއް ހޯދުން

  1. މިމަދްރަސާއަށް ސައުންޑް ސިސްޓަމެއް ހޯދުމަށް ، މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  2. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ. މިޕްރޮޖެކްޓާއި ބެހޭގޮތުން ލިބޭސުވާލުތަކުގެ ޖަވާބުތައް މިމަދްރަސާގެ ވެބްސައިޓްގައި ޝާއިއުކުރެވޭނެއެވެ.
  3. ބީލަންތައް ފޮނުވާނީ 19 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މިމަދްރަސާއަށެވެ. ބީލަން ހުޅުވުން އޮންނާނީ 2019 ނޮވެމްބަރ 19 ވާ އަންގާރަ ދުވަހުގެ 14:00ގައި މިސްކޫލްގެ މީޓިންރޫމްގައެވެ.
  4. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިމަދްރަސާގެ ވެބްސައިޓުން ލިބެންހުންނާނެއެވެ. އަދި ބީލަމުގައި ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ސޮފްޓު ކޮޕީ ފޯމެޓް ގައި މިމަދަރުސާގެ އޮފީހުން ދޫކުރާނެއެވެ.
  5. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  6. މިމަސައްކަތް ކުރުމަށް ފުރަތަމަ ކުރެވުނު IUL)GS-51-Dpt-101/INDIV/2019/23) ނަމްބަރ އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަގުހުށަހަޅާފައިނުވާތީ އެއިއުލާނު ބާތިލް ވީއެވެ.
  • މަދްރަސަތުލް އިފްތިތާޙު / ޅ. ނައިފަރު 
  • ފޯން :6620288
  • އީމެއިލް:[email protected]
05 ނޮވެންބަރު 2019
ހޯދާ