ދިވެހިރާއްޖެ
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ތިރީގައި މިދަންނަވާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. އަދި މަޤާމުގެ ޝަރުތުތަކާއި މަސްއޫލިއްޔަތުގެ ތަފްޟީލް މި އިއުލާން އާ އެޓޭޗް ކުރެވިފައިވާނެއެވެ.
މަޤާމު: ސީނިއަރ ލީގަލް އޮފިސަރ
ބޭނުންވާ އަދަދު: 01
ކުރިމަތިލުމުގެ ސުންގަޑި: 2019 ނޮވެންބަރު 14 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް
ވަޒީފާއަށް އެދި ހުށަހަޅުއްވަންޖެހޭ ތަކެތި: މި ވަޒީފާއަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީއާއެކު ތިރީގައިވާ ލިޔެކިޔުންތައް މި ކޯޕަރޭޝަންގެ މައި އޮފީސް (ފަހި ދިރިއުޅުން ކޯޕަރޭޝަން، ހ. އޯކިޑް8B އަމީރުއަޙްމަދު މަގު، މާލެ، 20095) އަށް ނުވަތަ އީމެއިލް ([email protected]) އަށް ހުށަހެޅުއްވުން އެދެމެވެ.
- ވަޒީފާއަށް އެދޭ ސިޓީ
- ސީވީ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައި އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
- ކުރިން މަސައްކަތްކޮށްފައިވާ ތަންތަނުގެ ރެފަރެންސް ސިޓީ
އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 08:00 – 16:00 ދެމެދު 3313244 ފޯނަށް ގުޅުއްވައި ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.