ދިވެހިރާއްޖެ
މި އިޢުލާންވަނީ 01 ޑިސެންބަރު 2019 08:09 ގައި ބާތިލް ކުރެވިފައެވެ.
އިޢުލާން
ރިޕޯޓެއްގެ ލޭއައުޓް ހެދުމާއި އެނިމޭޓެޑް ވީޑިއޯއެއް ހެދުން.
ސުރުޚީގައި ދެންނެވިފައިވާ މަސައްކަތްކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރެވުނު މިބިއުރޯގެ ނަންބަރު. (IUL)457-AIT/2019/40 (15 އޮކްޓޯބަރު 2019 ) އިޢުލާނުގައިވާ މަސައްކަތްތަކަށް ބަދަލު އައިސްފައިވާތީވެ އެއިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.
ވީމާ، ތިރީގައި މިދަންނަވާ މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެމްބަރު މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާން ބިލްޑިންގގެ 8 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 ނޮވެމްބަރު 10 ވާ އާދީއްތަ ދުވަހުގެ 11:00އަށް މިބިއުރޯއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަދި ނޮވެމްބަރު މަހުގެ 10 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހަކަށް ވެއްޖެނަމަ 2019 ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހު މަތީގައި ދެންނެވިފައިވާ ގަޑިއަށް އަގު ހުށަހެޅުން އޮންނާނެވާހަކަވެސް މައުލޫމާތަށްޓަކައި ދެންނެވީމެވެ.
- ރިޕޯޓް ޑިޒައިންކޮށް ލޭއައުޓް ހެދުން
- އިންފޮގްރެފިކްސް
- 2 އެނިމޭޓެޑް ވީޑިއޯ ހެދުން (1-2 މިނިޓާއި ދެމެދު)
މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު 3008400 ނުވަތަ 3008424 އަށް ގުޅުއްވުން އެދެމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.