ދިވެހިރާއްޖެ
އިޢުލާނު އަންދާސީ ހިސާބު ބޭނުންވެއްޖެ
މި ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރGS31/IUL/2019/37 : އިޢުލާނަށް އެދެވޭ ތަރުހީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. |
މި ސްކޫލްގެ ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ވިއްކައިދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ތާރީޚަށް ދ.އަތޮޅު މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11.00އަށް |
13 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ 11:00 އަށް |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 12:00 އަށް 7952915 ނަންބަރު ފޯނާއެވެ.
މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.