ދިވެހިރާއްޖެ
ނަންބަރ: (IUL)270/270/2019/12
ހދ މަކުނުދޫ ބިދޭށީންގެ ދަފްތަރާއި ގުޅޭ:
ވަޒީފާ އަދާކުރުމަށް ދިވެހިރާއްޖެއަށް ބިދޭސީން ގެނައުމުގެ ޤަވާޢިދުގެ 24 ވަނަ މާއްދާގެ ދަށުން، އެކުލަވާލެވޭ، "ހދ.މަކުނުދޫ ބިދޭސީންގެ ދަފްތަރު" ގައި، މަކުނުދޫގައި މަސައްކަތްކުރަމުންދާ ބިދޭސީން ދަފްތަރުކުރުމަށް އަންގާ އިޢުލާންކުރަމެވެ. އެކިއެކި މަސައްކަތްތައް ކުރުވުމަށް ގެނެސްފައިވާ ބިދޭސީން ބެލެހެއްޓުމަށް ޒިންމާ ނަންގަވައިގެން ތިއްބެވި ވެރިން، އެ ފަރާތެއްގެ ބެލުމުގެ ދަށުގައިވާ ބިދޭސީން، 15 ނޮވެމްބަރ 2019 ގެ ކުރިން ދަފްތަރުގައި ޖެއްސުމަށް ދަންނަވަމެވެ. 15 ނޮވެމްބަރ 2019 ގެ ފަހުން، މަތީގައި ބަޔާންކުރެވިފައިވާ ގޮތުގެމަތިން ދަފްތަރުނުކޮށް މަކުނުދޫގައި ބިދޭސީން ގެންގުޅޭ ފަރާތްތައް -/500ރ ( ފަސްސަތޭކަ ރުފިޔާ ) އިން ޖޫރިމަނާކުރެވޭނެއެވެ.
މަކުނުދޫއަށް ބިދޭސީއަކު ގެންނަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 7 ދުވަހުގެތެރޭގައި، އެ ބިދޭސީމީހާ ހދ.މަކުނުދޫ ކައުންސިލްގެ ބިދޭސީންގެ ދަފްތަރުގައި ޖެއްސުމަކީ އެ ބިދޭސީއަކާ ޙަވާލުވެގެން ހުންނަ ފަރާތެއްގެ ޒިންމާއެކެވެ. މިގޮތުގެމަތިން، ކަނޑައެޅިފައި އެވާ މުއްދަތުގެތެރޭގައި ބިދޭސީންގެ ދަފްތަރުގައި ނުޖައްސާނަމަ އެ ބިދޭސީއަކާ ޙަވާލުވެގެން ހުންނަ ފަރާތެއް -/500ރ ( ފަސްސަތޭކަ ރުފިޔާ ) އިން ޖޫރިމަނާ ކުރެވޭނެއެވެ.
ބިދޭސީއަކު މަކުނުދޫއިން ފޮނުވާލާނަމަވެސް ކައުންސިލް އިދާރާއިން ހުއްދަ ހޯދަންވާނެއެވެ.
މި ކަންކަމަށް އެދި ހުށަހަޅާ ފޯމް މަކުނުދޫ ކައުންސިލް އިދާރާއިންނާއި ކައުންސިލްގެ ވެބްސައިޓުން ލިބެންހުންނާނެވާހަކަ ދަންނަވަމެވެ.
ޝުކުރިއްޔާ
07 ރަބީޢުލްއައްވަލް 1441
04 ނޮވެމްބަރ 2019