ދިވެހިރާއްޖެ
ނަމްބަރ: 254/254/2019/41(IUL)
އިޢުލާން
އަލަށް އިމާރާތްކުރާ އިންޖީނުގެއަށް ދެވޭނެ މަގެއް ހެދުމުގެ މަސައްކަތް ކުރުމާއި ގުޅޭ
މިއިދާރާއިން ކުރި 254/254/2019/35(IUL) ( އަލަށް އިމާރާތްކުރާ އިންޖީނުގެއަށް ދެވޭނެ މަގެއް ހެދުމުގެ މަސައްކަތް ކުރުމާއި ގުޅޭ) ނަމްބަރ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.
އަލަށް އިމާރާތްކުރާ އިންޖީނުގެއަށް ދެވޭނެ މަގެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ކުންފުނި އަދި ފަރުދުންގެ ވިޔާފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައަޅާ ފޯމު ދޫކުރުމާއި މަޢުލޫމާތު ސާފުކޮށް ދިނުމުގެ ޕްރީބިޑް ބައްދަލުވުން 12 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުން ފޯމް ސިޓީ އުރާގައި ބަންދު ކުރެއްވުމަށްފަހު 19 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހު 11:00 އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުގެ ފޯމް ކެނޑުން ހުށައަޅާ ފަރާތް ތަކުގެ ޙާޟިރުގައި އޮންނާނެވެ.
މަސައްކަތް ކުރަންއެދޭ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރު ޖައްސަވާ ސިޓީ އާއި އެކު އައިޑީ ހިއްޕަވައިގެން ޙާޟިރުވުމަށް ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.