ދިވެހިރާއްޖެ
ނަމްބަރ: 254/254/2019/42(IUL)
އިޢުލާން
ދަތުރު ހިޔާ ހެދުމާގުޅޭ
ތަކަންދޫ ބަނދަރު ސަހައްދުގައި އަމިއްލަ ތަކެތީގައި ދަތުރު ހިޔާ އަޅައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވެލައްވާ ކުންފުނި އަދި ފަރުދުންގެ ވިޔާފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށް ދިނުމުގެ ޕްރީބިޑް ބައްދަލުވުން 13 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ.
މަޢުލޫމާތު ސާފުކުރި ފަރާތްތަކަށް އަންދާސީ ހިސާބު ހުށައަޅާ ފޯމު ދޫކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުން ފޯމް ސިޓީ އުރާގައި ބަންދު ކުރެއްވުމަށްފަހު 20 ނޮވެމްބަރ 2019 ވާ ބުދަ ދުވަހު 11:00 އަށް މިއިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުގެ ފޯމް ކެނޑުން ހުށައަޅާ ފަރާތް ތަކުގެ ޙާޟިރުގައި އޮންނާނެވެ.
މަސައްކަތް ކުރަންއެދޭ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރު ޖައްސަވާ ސިޓީ އާއި އެކު އައިޑީ ހިއްޕަވައިގެން ޙާޟިރުވުމަށް ދަންނަވަމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.