ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް
ދިވެހިރާއްޖެ
"ދިވެހި ފިލްމު އެވޯޑްސް 9" ގެ ލައިފްޓައިމް އެޗީވްމަންޓު އެވޯޑަށް ނަން ހުށަހެޅުމާބެހޭ

ދިވެހި ފިލްމީ އުފެއްދުންތަކަށާއި ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ހިތްވަރުދީ އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މާހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި، ޤައުމީ ފެންވަރެއްގައި ދެމުން އަންނަ "ދިވެހި ފިލްމު އެވޯޑްސް" މިއަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑުގައި ފިލްމީ ދާއިރާއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތަކަށް ލައިފްޓައިމް އެޗީވްމަންޓު އެވޯޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި އެވޯޑަށް އަމިއްލަ ފަރާތްތަކުންނާއި މަދަނީ ޖަމްޢިއްޔާތަކުންނާއި އަދި ދިވެހި ފިލްމް ފެސްޓިވަލްގެ ސްޓިއަރިންގ ކޮމެޓީ އިން ނަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ލައިފްޓައިމް އެޗީވްމަންޓު އެވޯޑަށް ހޮވޭ ފަރާތް ކަނޑައަޅާނީ ނަން ހުށަހަޅާފައިވާ ފަރާތްތައް ޝޯޓް ލިސްޓު ކުރުމަށްފަހު އިންޓަރވިއު ކުރުމަށް ފަހުގައެވެ.

ވީމާ ދިވެހި ފިލްމު އެވޯޑްސް 9 ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑަށް ނަން ހުށަހެޅުވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރުއްވުމަށްފަހު 5 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން އެން.ސީ.އޭ އަށް ހުށަހެޅުއްވުން އެދެމެވެ.

  ލައިފްޓައިމް އެޗީވްމަންޓު އެވޯޑަށް ނަން ހުށަހަޅާ ފޯމް އެން.ސީ.އޭ ގެ ކައުންޓަރުންނާއި ވެބްސައިޓް www.nca.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެވުމަށް 3344667 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

02 ނޮވެންބަރު 2019
ހޯދާ