މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
ކޭޓަރިންގ ހިދުމަތާއެކު ޖަލްސާއެއް ބާއްވާނެ ތަނެއް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި މިނިސްޓްރީގެ ފަރާތުން 13 އަދި 14 ނޮވެމްބަރ 2019 ގައި އިންތިޒާމްކުރާ ޖަލްސާއެއް ބޭއްވުމަށް، ކޭޓަރިންގ އާއެކު ޖަލްސާ ބާއްވާނެ ތަނެއް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތަށް ބޭނުންވާ ޝަރުތުތައް މި އިޢުލާނާއެކު ހިމެނިފައިވާ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާންކޮށްފައިވާނެއެވެ. އަދި މި ޓާރމްސް އޮފް ރެފަރެންސް، މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv  އިން ޑައުންލޯޑް ކުރެއްވެން ހުންނާނެއެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 6 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ބީލަން ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވާނީ  6 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ 11:00 ގައި އެ މީޓިންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ހާޒިރުގައެވެ.

ބީލަން ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ:

އިޢުލާނު ނަންބަރު (IUL)438-CCD/438/2019/336އާ ގުޅޭ

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

އިތުރު މައުލޫމާތު ސާފްކުރެއްވުމަށް:

ފޯން: 3018486

އީމެއިލް:  [email protected]  

31 އޮކްޓޫބަރު 2019
ހޯދާ