މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ހިންގަމުންދާ ގްރީން ބިލްޑިންގ އިމާރާތާއި ގޯޑައުން އިމާރާތުގައި ހަރުކުރެވިފައިވާ ފަޔަރއެލާމް ސިސްޓަމް 2 އަހަރު ދުވަހަށް ސާވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ހިންގަމުންދާ ގްރީން ބިލްޑިންގ އިމާރާތާއި ގޯޑައުން އިމާރާތުގައި ހަރުކުރެވިފައިވާ ފަޔަރއެލާމް ސިސްޓަމް 2 އަހަރު ދުވަހަށް ސާވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ.

ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓުގައި ދެވިފައިވާ މިންގަނޑުތަކަށެވެ.

 ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 17 ނޮވެމްބަރ 2019ގެ 11:00 ގައި މިނިސްޓްރީ އޮފް  ގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާފަރާތްތަކުގެ ހާޒިރުގައެވެ.

 ބަންދުކުރެވިފައިވާ ބީލަންތައް 17 ނޮވެމްބަރ 2019ގެ 11:00 އަށް ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަންވާނެއެވެ. ބަންދުކުރެވިފައިވާ ބީލަންތައް 17 ނޮވެމްބަރ 2019ގެ 11:00  ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހަޅުއްވަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ ބީލަންތައް ބަލައިނުގަނެވޭނެއެވެ.

 އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ހިންގަމުންދާ ގްރީން ބިލްޑިންގ އިމާރާތާއި ގޯޑައުން އިމާރާތުގައި ހަރުކުރެވިފައިވާ ފަޔަރއެލާމް ސިސްޓަމް 2 އަހަރު ދުވަހަށް ސާވިސްކޮށް ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

އިޢުލާނު ނަންބަރު:(IUL)438-AU/1/2019/45

އިތުރު މައުލޫމާތު ސާފްކުރެއްވުމަށް

ފޯނު: 3018317 960+ ، 3018316 960+ ފެކްސް: 3018301 960+

އީމެއިލް: [email protected]

31 އޮކްޓޫބަރު 2019
ހޯދާ