މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މިކޯޕަރޭޝަންގެ އޮފީހުގެ ދެވަނަ ފަންގިފިލާގައި ހުރި އޮފީސް ޖާގަ ކުއްޔަށް ދިނުމާ ބެހޭ

އިޢުލާން

މިކޯޕަރޭޝަންގެ އޮފީހުގެ ދެވަނަ ފަންގިފިލާގައި ހުރި އޮފީސް ޖާގަ ކުއްޔަށް ދިނުމާ ބެހޭ

މިކޯޕަރޭޝަންގެ ދެވަނަ ފަންގިފިލާގައި ހުރި އޮފީސް ޖާގަ، ކުރިއަށް އޮތް 5 (ފަހެއް) އަރަހު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ، ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކަށް، މި އޮފީސް ޖާގަ ކުއްޔަށް ހިފުމަށް ޝައުޢުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ތަފްޞީލް

 ނަން:                 މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގެ ދެވަނަ ފަންގިފިލާގައި ހުރި އޮފީސް ޖާގަ، ކުރިއަށް އޮތް 5 (ފަހެއް) އަރަހު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފުން

ފެށޭ ކުލި:              -/35،000 (ތިރީސް ފަސްހާސް ރުފިޔާ)

އެޑްވާންސް:              3 (ތިނެއް) މަސްދުވަހުގެ ކުލި

ތަނުގެ ބޮޑުމިން:           1،073 އަކަފޫޓު

ހުންނަ ތަން:             މ. ފުރަންކަރަ، 2 ވަނަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު، މާލެ، 20320، ދިވެހިރާއްޖެ.

 

ކުއްޔަށް ދޫކުރާނެ ފަރާތެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތައް:

#

ކެޓަގަރީ

ޕަސަންޓޭޖް

ތަފުޞީލް

1

ހުށަހަޅާ އަގު

80%

އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަށް ޖުމްލަ މާރކްސް ލިބޭ ގޮތަށް ޕްރޮރާޓާ އުޞޫލުން ދެން ހުރި ފަރާތްތަކަށް މާރކްސް ދެވިގެން ދާނެއެވެ.

2

މާލީ ޙާލަތު

20%

ކުންފުންޏެއްނަމަ، ފާއިތުވެދިޔަ 1 (އެކެއް) އަހަރު ދުވަހުގެ ފައިނޭންޝިއަލް ސްޓޭޓްމަންޓް، އަދި އަމިއްލަ ފަރުދެއް ނަމަ ފާއިތުވެދިޔަ 6 (ހައެއް) މަސްދުވަހުގެ ފައިނޭންޝިއަލް ސްޓޭޓްމަންޓް

 

ސުންގަޑި:

މަތީގައިވާ އޮފީސް ޖާގަ ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ނޮވެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ މެންދުރު އެއްގަޑި ސުންމިނެޓްގެ ކުރިން (13:00) މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހުގައި، ނަންނޯޓްކޮށް، ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ކުއްޔަށް ހިފުމަށް ޝައިޤުވެރިކަން ފާޅުކުރާ ފޯމް
  2. ކުންފުންޏެއްނަމަ، ކުންފުނީގެ ޕްރޮފައިލް އަދި ރަޖިސްޓްރޭޝަންގެ ކޮޕީ
  3. އަމިއްލަ ފަރުދެއްނަމަ، އައިޑީކާޑުގެ ކޮޕީ އަދި ވަނަވަރު
  4. މާލީ ޙާލަތު އަންގައިދޭ ލިޔެކިޔުންތައް

ނޯޓް: ނަންނޯޓް ކުރުމުގެ ކުރިން، އޮފީސް ޖާގަ ބެއްލެވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 04 ނޮވެންބަރ 2019 ވަނަ ދުވަހުން ފެށިގެން 07 ނޮވެމްބަރ 2019 ވަނަ ދުވަހުގެ މެންދުރުފަހު 01:00 ން 03:00 އަށް، މި ކޯޕަރޭޝަންގެ އޮފީހަށް ވަޑައިގަތުމުން، ކުއްޔަށް ދޫކުރާ ޖާގަ ބެލުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމުގައި ދެންނެވީމެވެ.

 

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

އެޑްރެސް:

މ. ފުރަންކަރަ، 3 ވަނަ ފަންގިފިލާ، މާލެ 20320، ދިވެހިރާއްޖެ

ފޯނު ނަންބަރު:

3011000

މުޢާމަލާތު ކުރަންޖެހޭ ފަރާތް:

އާމިނަތު ޝަފާނާޒު

އީ-މެއިލް:

[email protected]

 

މަތީގައި ބަޔާންކުރެވިފައިވާ މިކޯޕަރޭޝަންގެ އެޑްރެސް، ފޯނު އަދި އީ-މެއިލް އެޑްރެސް މެދުވެރިކޮށް އިތުރު މައުލޫމާތު ހޯއްދެވިދާނެއެވެ. 

31 އޮކްޓޫބަރު 2019
ހޯދާ