ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނިފޯމް 1 (އެކެއް) އަހަރު ދުވަހަށް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން

އެކްޓިވިޓީ ޔުނިފޯމް 1 (އެކެއް) އަހަރު ދުވަހަށް ފަހައިދީ ވިއްކާނެ ފަރާތެއް ހޯދުން

             މިސްކޫލުން ދޭ މަޢުލޫމާތާއި އެއްގޮތަށް،  ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް  01(އެއް) އަހަރު ދުވަހަށް އަމިއްލަ ޚަރަދުގައި

ފަހައި ވިއްކާނެ އިންތިޒާމް ހަމަޖައްސައިދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ، މި ސްކޫލުން ކުރި ނަމްބަރ ( 08 އޮކްޓޯބަރު GS-65-A/2019/39    (2019  އިޢުލާނާއި ގުޅިގެން

އެކަށީގެންވާވަރަށް ބީލަންހުށައަޅާފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް މިމަސައްކަތަށް ޝަތުރުހަމަވާ ފަރާތްތަކަށް ބީލަން ހުށައެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

                   ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި

މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ތަފުސީލު

ތަން

ތާރީޚު

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ވިލުފުށީ ސްކޫލް އޮފީސް

13 ނޮވެމްބަރު 2019

ބުދަ

9:00

އަންދާސީ ހިސާބު ހުށަހެޅުން

ވިލުފުށީ ސްކޫލް އޮފީސް

24 ނޮވެމްބަރ 2019

އާދިއްތަ

9:00

            މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހާޒިރުވާ ފަރާތްތަކަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ފުރުޞަތު ނުދެވޭނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގަޔާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށާއި ، އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، އެކަން ބަޔާންކޮށް ސިޓީ އަދި

މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވާ ފަރާތްތަކުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއި ވިޔަފާރީ ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ. 

އަދި މަޢުލޫމާތު ޝީޓް މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެކަން މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

31 އޮކްޓޫބަރު 2019
ހޯދާ