ދިވެހިރާއްޖެ
ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދު ތަކުގެ ތެރެއިން ރާއްޖޭގެ މިސްކިތްތަކުގައި ޤުރުޢާން ކިޔަވާ ދިނުން ފެށުމަށް ވެވަޑައިގަންފައިވާ ވަޢުދު ފުރިހަމަ ކުރެއްވުމުގެ ގޮތުން ކައުންސިލްތަކާއި ކީރިތި ޤުރުޢާނާ ބެހޭ މަރުކަޒާއި ގުޅިގެން މިސްކިތްތަކުގައި ކީރިތި ޤުރުޢާން ކިޔަވައިދޭ ކްލާސްތައް 04 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
މި ކުލާސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަސްޖިދުލްރަޖާޢުގައި ތިރީގައިވާ ތައާވަލާއި އެއްގޮތަށެވެ.
ކުލާސްތައް |
ތާރީޙް |
ގަޑި |
އަކުރު ކުލާސް (ގުރޫޕް 1) |
4/11/2019 |
16:30 ން 17:20 ށް |
ޙިފްޡް ކުލާސް (ގުރޫޕް 1) |
5/11/2019 |
16:30 ން 17:20 ށް |
ޚަތިމް ކުލާސް (ގުރޫޕް 1) |
6/11/2019 |
16:30 ން 17:20 ށް |
އަކުރު ކުލާސް (ގުރޫޕް 2) |
7/11/2019 |
16:30 ން 17:20 ށް |
ޙިފްޡް ކުލާސް (ގުރޫޕް 2) |
9/11/2019 |
16:30 ން 17:20 ށް |
ޚަތިމް ކުލާސް (ގުރޫޕް 2) |
10/11/2019 |
16:30 ން 17:20 ށް |
ވީމާ، މިކުލާސްތަކުގައި ބައިވެރިވެފައިވާ ދަރިވަރުން، ބެލެނިވެރިޔާއާއެކު ކުލާސްތަކަށް ހާޟިރުވުން އެދެމެވެ. މި އިޢުލާނާއެކު ކުލާސްތަކުގައި ބައިވެރިވެފައިވާ ދަރިވަރުން ގުރޫޕްކުރެވިފައިވާ ގޮތުގެ ލިސްޓް ޢާންމުކުރެވިފައިވާނެއެވެ. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި ކައުންސިލްގެ ނަންބަރު 6540051 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.