ދިވެހިރާއްޖެ
ކައުންސިލުން ތ. ވިލުފުށީގައި ތަރައްޤީކުރަމުންދާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ކުޅޭ ސާމާނާއި، ބައެއް އެހެނިހެން ތަކެތި ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު (IUL)383/383/2019/68 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރީމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 ނޮވެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:00 ގައި ކައުންސިލް އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
މިމަސައްކަތް ކުރުމަށްއެދި އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާއި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
ތ. ވިލުފުށީގައި ތަރައްޤީކުރަމުންދާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ކުޅޭ ސާމާނާއި، ބައެއް އެހެނިހެން ތަކެތީގެ މަޢުލޫމާތު ޝީޓް، މި އިޢުލާނާއި އެޓޭޗްކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީގަޑީގައި މިއިދާރާގެ ނަންބަރު 6780701 ފޯނަށް ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.