މިލަދުންމަޑުލު އުތުރުބުރީ މާއުނގޫދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
މާއުނގޫދޫ ޞިއްޙީ މަރުކަޒުގައި އަމިއްލަ ތަކެތީގައި ގުދަނެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މާއުނގޫދޫ ޞިއްޙީ މަރުކަޒުގައި ގުދަނެއް ހެދުން

           މިމަރުކަޒުން 24 އޮކްޓޯބަރ 2019 ގައި ކުރެވުނު އިއުލާނު C14-SM/IUL/2019/04 ބާތިލުކޮށް އަލުން އިއުލާން ކުރީމެވެ. މިމަރުކަޒުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް، މިމަރުކަޒުގެ ގޯތިތެރޭގައި ހުރި (ކުރިން ދިރާގުން ބޭނުންކުރި އިމާރާތް) ތަޅާލުމަށްފަހު އެ ސަރަހައްދުގައި އަމިއްލަތަކެތީގައި ގުދަނެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

          ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި ގަޑިތަކުގައި މިމަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

ތަފްޞީލް

ތަން

ތާރިޙް

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

މާއުނގޫދޫ ޞިއްޙީ މަރުކަޒު

13 ނޮވެމްބަރ 2019

ބުދަ

13:15

އަންދާސީ ހިސާބު ހުށައެޅުން

މާއުނގޫދޫ ޞިއްޙީ މަރުކަޒު

24 ނޮވެމްބަރ 2019

އާދިއްތަ

13:15

           މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމާއި ފޯމް ހުށައެޅުއްވުމަށް ވަޑައިގެންނެވެން ނެތް ފަރާތްތަކުން ބަދަލުގައި އެހެންފަރާތެއް ފޮނުއްވާނަމަ، އެކަން އަންގައިދޭ ލިޔުމެއް ބަދަލުގައި އަންނަފަރާތުން ގެންނަންވާނެއެވެ.

 

 

 

 

31 އޮކްޓޫބަރު 2019
ހޯދާ