ގދ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ކްލާސްރޫމް (ޓީ. އާރު. ސީ) ގައި އަމިއްލަތަކެތީގައި ޓައިލްސް ޖަހައިދޭނެ ފަރާތެއް ހޯދުން

  1. މި ސްކޫލުގެ ސީ ބްލޮކްގެ 2 ވަނަ ފަންގިފިލާގައި ހުރި ކްލާސްރޫމް (ޓީ. އާރު. ސީ) ގައި އަމިއްލަތަކެތީގައި ޓައިލްސް ޖަހައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު އިޢުލާނާއި ގުޅިގެން ހުށަހެޅާފައިވާ ބީލްންތަކުގެ އަގު ބޮޑު ކަމަށްވާތީ، ބީލަންތައް ބާތިލުކޮށް 2 ވަނަ ފަހަރަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ފޮތުގައި ބަޔާން ކުރެވިފައިވާނެއެވެ.

 

  1. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 31 އޮކްޓޯބަރު 2019 އިން 6 ނޮވެންބަރު 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 14:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 6 ނޮވެންބަރު 2019 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

 

  1. މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 7 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

  1. ބިޑް ހުޅުވުން އޮންނާނީ 14 ނޮވެންބަރު 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގެ ޖަލްސާކުރާ މާލަމުގައެވެ.

 

  1. ނޯޓް: ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.

 

  1. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ގދ. އަތޮޅު ތަޢުލީމީމަރުކަޒު

ގދ. ތިނަދޫ

ފޯން: 6840002

އީ-މެއިލް: [email protected]

 

3 ރަބީޢުލްއައްވަލް   1440

31 އޮކްޓޯބަރު     2019      

31 އޮކްޓޫބަރު 2019
ހޯދާ