ދިވެހިރާއްޖެ
މި އިދާރާއިން ދޭ މަޢުލޫމާތާ އެއްގޮތަށް ހއ. ދިއްދޫ އިޖުތިމާޢީ މަރުކަޒަށް ބައެއް ތަކެތި ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި މަސައްކަތައް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަން ޑޮކިއުމަންޓްސްގައި ބަޔާން ކުރެވިފައިވާނެއެވެ.
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރުން |
31 އޮކްޓޯބަރ 2019 އިން 13 ނޮވެމްބަރ 2019 އަށް ރަސްމީ ދުވަސްތަކުގައި ހެނދުނު 9:00 އިން މެންދުރު ފަހު 13:00 އަށް ދިއްދޫ ކައުންސިލްގެ ރިސެޕްޝަނަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް ހުށަހަޅައިގެން ނުވަތަ [email protected] އަށް ރަޖިސްޓްރީވުމަށް އެދޭ ފޯމް މެއިލް ކޮށްގެން |
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
14 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 11:45 ގައި ހއ. ދިއްދޫ އިޖުތިމާޢީ މަރުކަޒުގައި |
ބީލަން ހުށަހެޅުމަށް ބާއްވާ ބައްދަލުވުން |
19 ނޮވެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:15 ގައި ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި |
މި ޕްރޮޖެކްޓާގުޅޭ ބީލަން ޑޮކިއުމަންޓްސް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500019 ފޯންއާއެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.