އިޢުލާނު
|
މަޤާމް:
|
އެސޯސިއޭޓް ލީގަލް ކައުންސެލް
|
މަޤާމުގެ ނަންބަރު:
|
J- 310508
|
ބޭނުންވާ އަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
ސީއެސް 13 - ގްރޭޑް 5
|
މަޤާމުގެ ކްލެސިފިކޭޝަން:
|
ލީގަލް ސަރވިސް ޕްރޮފެޝަނަލްސް
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
މާލޭ ސިޓީ ކައުންސިލްގެ އިދާރާ / މާލެ / ކޯޕަރޭޓް ސަރވިސް ޑިޕާޓްމަންޓް / ލީގަލް ސެކްޝަން
|
މުސާރަ:
|
16550.00
|
ސަރވިސް އެލެވަންސް:
|
3600.00
|
އެހެނިހެން އެލަވަންސް:
|
- ސްޕެސިއަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35 ލިބޭނެއެވެ.
- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިދެވޭނެ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
- ޑިޕާރޓްމަންޓް/ޑިވިޜަންގެ ވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން ސެކްޝަންގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުން.
- މާލޭ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން.
- މާލޭ ސިޓީ ކައުންސިލަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ޤާނޫނީ ލަފާ ބޭނުންވާ މައްސަލަތަކަށް ޤާނޫނީ ލަފާދިނުން.
- މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ޝަރީޢަތަށް ފޮނުވާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުންތައް އެކުލަވާލުމާއި ޝަރީއަތުގެ މަޖިލީހުގައި މާލޭ ސިޓީ ކައުންސިލް ތަމްސީލް ކުރުން.
- ލާމަރުކަޒީ ޤާނޫނުގެ ދަށުން ޝަކުވާ ހުށަހަޅަންޖެހޭ ނިޒާމުތައް ޤާއިމްކުރުމާއި އެ ނިޒާމްގައި ހުންނަންޖެހޭނެ މިންގަނޑުތައް ކަނޑައެޅުމާއި އެ މިންގަނޑުތައް ގަވާއިދުން މުރާޖަޢާކުރުމާއި އިޞްލާޙުކުރުން.
- ލާމަރުކަޒީ ޤާނޫނުގެ ދަށުން ޝަކުވާ ހުށަހަޅަންޖެހޭ ނިޒާމުތައް ޤާއިމްކުރުމާއި އެ ނިޒާމުތައް ހަރުދަނާގޮތެއްގައި މަސައްކަތްކުރަމުންދާކަން ބަލައި، އެކަށީގެންވާގޮތެއްގައި މަސައްކަތްނުކުރާ ތަންތަނުގެ މަޢުލާތު ސުޕަވައިޒަރުންގެ ސަމާލުކަމަށް ގެނައުމާއި އެކަންކަން ހައްލުކުރުން.
- ލާމަރުކަޒީ ޤާނޫނުގެ ދަށުން މޭޔަރ އަށް މައްސަލަ ރިޕޯޓްކުރާނެ ނިޒާމް ޤާއިމްކުރުމާއި، ރިޕޯޓްކުރާ މައްސަލަތައް ހަލުވި ގޮތެއްގައި ބަލައި ހައްލުކުރުމާއި ފިޔަވަޅު އެޅުން.
- މާލޭ ސިޓީ ކައުންސިލުން ރިވިއުކުރަން ނިންމާ ޤާނޫނުތަކާއި ޤަވައިދުތަކާއި އިދާރީ އުސޫލުތައް ރިވިއުކުރުން.
- މާލޭ ސިޓީ ކައުންސިލްގެ އެސްއޯޕީތައް ރިވިއު ކުރުން.
- ހެދިފައިވާ އަދި އަލަށް ހަދާ ޤާނޫނުތަކާއި ޤަވައިދުތަކުން މާލޭ ސިޓީ ކައުންސިލް ލާޒިމް ކުރާ ކަންކަން ފާހަގަކޮށް، އެކަންކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ކުރަންޖެހޭ ކަންކަން ކައުންސިލްގެ ސަމާލުކަމަށް ގެނައުން.
- މާލޭ ސިޓީ ކައުންސިލަށް ބޭނުންވެއްޖެ ހާލަތެއްގައި މާލޭ ސިޓީ ކައުންސިލުން ރާވާ ދަތުރުތަކުގައި ބައިވެރިވުން.
- މަސައްކަތާ ގުޅޭ ގޮތުން މީޑީޔާ ޕްރޮގްރާމްތަކުގައި މާލޭ ސިޓީ ކައުންސިލް ތަމްސީލުކޮށް މަޢުލޫމާތުދޭން ޖެހިއްޖެނަމަ އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވެ މައުލޫމާތު ދިނުން.
- މާލޭ ސިޓީ ކައުންސިލުން ކުރާ އެހެނިހެން މަސައްކަތްތަކާއި ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ލީގަލް އޮފިސަރުންގެ ވަޒީފާގެ އޮނިގަނޑުގެ، ސީއެސް13-4 ގްރޭޑްގައި މަދުވެގެން 2 އަހަރު މަސައްކަތްކޮށް މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު %85 އިން މަތިން މާކްސް ހޯދާފައިވުން.
ގުޅޭ ވަޒީފާގެ ދާއިރާތައް:
ތައުލީމީ ރޮނގުތައް:
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ވެބްސައިޓް www.malecity.gov.mv އިން ޑައުންލޯޑް ކުރެއްވޭނެ އަދި މި އިދާރާގެ މާފަންނު އޮފީހުންނާއި މައްޗަންގޮޅި އޮފީހުން ލިބެން ހުންނާނެއެވެ).
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ / ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ކަމާގުޅޭ ދާއިރާއިން ތަޢުލީމް ޙާޞިލްކޮށްފައިވުން ނުވަތަ ތަޢުލީމް ޙާޞިލްކުރަމުން ދިއުން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ
- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.
- އިގިރޭސިބަހުން ރަނގަޅަށް ލިޔަންކިޔަން، އަދި ވާހަކަ ދައްކަން އެނގުމާއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތައް.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ނޮވެމްބަރ 2019 ގެ 13:00 ގެ ކުރިން، މާލޭ ސިޓީ ކައުންސިލްގެ އިދާރާ މައްޗަންގޮޅި އޮފީހަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާނު އޮންނާނީ، 17 ނޮވެމްބަރ އާއި 21 ނޮވެމްބަރ 2019 އާ ދެމެދު، މައްޗަންގޮޅީގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާ ގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (7989840، 3306727) އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|