ދިވެހިރާއްޖެ
ނަންބަރ: (IUL)267/267/2019/45
އިޢުލާން
ހދ.ކުމުންދޫ ސިއްޚީ މަރުކަޒުގެ ލެބޯޓަރީ ސާންޕަލް ހިފައިގެން ހދ.ކުޅުދުއްފުއްޓަށް ދަތުރު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.
ހދ.ކުމުންދޫ ޞިއްޙީމަރުކަޒުން ޙާވާލުކުރާ ލެބޯޓަރީ ސާންޕަލް ހިފައިގެން ހދ.ކުޅުދުއްފުއްޓަށް ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު އެއްފަހަރު ( ހުކުރު ދުވަސް ނުވަތަ ސަރުކާރު ބަންދު ދުވަހެއްގައިވެސް މަރުކަޒުން އެދިއްޖެނަމަ) 6 މަސް ދުވަހުގެ މުއްދަތަށް ދަތުރު ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
1- ހަފްތާ އަކު ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 09:30 ގައި ސިއްޚީ މަރުކަޒުން ސާމްޕަލްތަކާއި އިތުރު ޑޮކިޔުމަންޓްތައް ނަގައިގެން ގެންގޮސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ލެބޯޓަރީ އާއި ހަވާލު ކުރުން.
2- އިމަޖެންސީ ހާލަތެއް ދިމާވެއްޖެ ހާލަތެއްގައި ހުކުރު ދުވަހާއި ސަރުކާރު އެހެން ބަންދު ދުވަސް ތަކުގައިވެސް ސާމްޕަލްތައް ގެންދިޔުން.
3- ސާމްޕަލްތައް ގެންދާ ދުވަސްތަކުގައި ޓެސްޓްގެ ނަތީޖާ ލިބުމުން ނަތީޖާތަކާއި އެކު އިތުރު ޑޮކިޔުމަންޓް ތައް އަދި ކެރިއަރ ވީ އެންމެ އަވަހަކަށް ސިއްޚީ މަރުކަޒާއި ހަވާލުކުރުން.
ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 6 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ 13:00 ގައި މިކައުންސިލައް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށް ފަހު 13 ނޮވެމްބަރ 2019 ވާ ބުދަ ދުވަހުގެ 13:00 ގައި މިކައުންސިލައް ދުރުވެ އަގު ހުށަހެޅުއްވުން އެދެމެވެ.
30 އޮކްޓޯބަރ 2019