މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިޢުލާން

އިޢުލާން 

މި މިނިސްޓްރީގެ ނަންބަރ އިޢުލާން (IUL)471-PIDS1/471/2019/44 : (02 ސެޕްޓެމްބަރ 2019)، މަސައްކަތް ކުރުމަށް ތައްޔާރުކުރެވިފައިވާ ޓީ.އޯ.އާރުގައި ބަޔާންކުރެވިފައިވާ ޝަރުތުތައް ހަމަވާ ފަރާތެއްނުލިބުމުގެ ސަބަބުން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ 05 ރަށުގައި ޑީސެލިނޭޝަން ޕްލާންޓް ބެހެއްޓުމަށް ބޭނުންވާ އެންވަޔަރަމަންޓް އިމްޕެކްޓެ އެސެސްމަންޓު ރިޕޯޓް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

1-      ކ.ކާށިދޫ

2-      ޅ.ކުރެންދޫ

3-      ރ.އަލިފުށި

4-      ގަ.ދާންދޫ

5-      ހއ.ކެލާ    

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް.) މި މިނިސްޓްރީގެ ވެބްސައިޓް www.planning.gov.mv ގައި 30 އޮކްޓޯބަރ 2019 ވަނަ ދުވަހުން ފެށިގެން ޝާޢިއު ކުރެވިފައި ވާނެއެވެ. އަދި މިމަސައްކަތާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންވާނަމަ ތިރީގައިވާ އެޑްރެހަށް ލިޔުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓިންގ ކުންފުނިތަކުން، ޓާރމްސް އޮފް ރިފަރެންސް (ޓީ.އޯ.އާރް.) އާއި އެއްގޮތަށް ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރަސްޓްރަކްޗަރ އިން މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ. މި މަސައްކަތުގެ ޕްރޮޕޯސަލް އިވެލުއޭޓްކުރުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލެވޭނެއެވެ.

  • ކޮންސަލްޓަންސީ ކުންފުނިން މަސައްކަތްކުރަމުން އައިސްފައިވާ މުއްދަތު
  • ކޮންސަލްޓަންސީ ޓީމްގެ އެވެއިލަބިލިޓީ
  • ރިސޯސް އެވެއިލަބިލިޓީ
  • ކޮންސަލްޓަންސީ ކުންފުނީގެ ތަޖުރިބާ (މަސައްކަތާއި ގުޅޭ ދާއިރާ) އަކުން

މި މަސައްކަތާއި ބެހޭ  ފައިނޭންޝަލް އަދި ޓެކްނިކަލް ޕްރޮޕޯސަލް 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހު 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. ސުންގަޑިއަށް ޙާޒިރުނުވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ވާހަކަވެސް ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:                   

އިންފްރަސްޓްރަކްޗަރ ޑިޕާޓްމަންޓް/ އެންވަރަމަންޓަލް މޮނިޓަރިންގ ޔުނިޓް

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ.

އަމީނީ މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 4004700 ފެކްސް:4004701

އީ-މެއިލް: [email protected]

30 އޮކްޓޫބަރު 2019
ހޯދާ