ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ސެން ކުލާސްރޫމް ހެދުން

ހަނިމާދޫ ސްކޫލް                          

ހދ. ހަނިމާދޫ، ދިވެހިރާއްޖެ

 

ނަންބަރ: GS60(B)/2019/049 

އިޢުލާނު

 

ބީލަން ހުށައެޅުމުގެ ދަޢުވަތު

  1. މިސްކޫލްގައި ސެން ކުލާސްރޫމެއް ހެދުމަށް ބޭނުން ވެގެން ކުރި މި ސްކޫލުގެ ނަންބަރު  GS60(B)/2019/42  (14 އޮކްޓޯބަރ 2019) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ އިޢުލާން ބާޠިލުކޮށް، މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި އިއުލާނަކީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ 3 ވަނަ އިޢުލާނެވެ. މި މަސައްކަތް ކޮށްދިނުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  2. މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 އޮކްޓޯބަރު 30 އިން 2019 ނޮވެންބަރު 05 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް، މި ސްކޫލަށްދުރުވެ، ނުވަތަ 6520533 ނަންބަރ ފޯނަށް ގުޅުއްވާ، ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.
  3. މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެންބަރ 06 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ. 
  4. މިޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ނޮވެންބަރު 07ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ.
  5. ބިޑް ހުށައެޅުމާއި، ހުޅުވުން އޮންނާނީ 2019 ނޮވެންބަރު 13 ވާ ބުދަ ދުވަހުގެ 10:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައެވެ. 
  6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް، މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ. 
  7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު، ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ. 

ހަނިމާދޫ ސްކޫލް

އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.

ފޯން: 6520533

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

                                    29 ޞަފަރު 1441

                                    28 އޮކްޓޯބަރު 2019

28 އޮކްޓޫބަރު 2019
ހޯދާ