ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޕްރީސްކޫލް ޕްލޭ އޭރިޔާ ހެދުން
ހަނިމާދޫ ސްކޫލް
ހދ. ހަނިމާދޫ، ދިވެހިރާއްޖެ
ނަންބަރ: GS60(B)/2019/048
އިޢުލާނު
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މިސްކޫލްގެ ޕްރީސްކޫލް ދަރިވަރުންގެ ޕްލޭ އޭރިޔާ ހެދުމަށް ބޭނުން ވެގެން ކުރި މި ސްކޫލުގެ ނަންބަރު GS60(B)/2019/41 (14 އޮކްޓޯބަރ 2019) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީވެ އިޢުލާން ބާޠިލުކޮށް، މިމަސައްކަތަށް ޝަރުތުހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މި އިއުލާނަކީ މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވޭ 3 ވަނަ އިޢުލާނެވެ. މި މަސައްކަތް ކޮށްދިނުމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
- މިބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019 އޮކްޓޯބަރު 30 އިން 2019 ނޮވެންބަރު 05 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް، މި ސްކޫލަށްދުރުވެ، ނުވަތަ 6520533 ނަންބަރ ފޯނަށް ގުޅުއްވާ، ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓް ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދަންނަވަމެވެ.
- މިޕްރޮޖެކްޓާ ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ނޮވެންބަރ 06 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
- މިޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2019 ނޮވެންބަރު 07ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައި އޮންނާނެއެވެ.
- ބިޑް ހުށައެޅުމާއި، ހުޅުވުން އޮންނާނީ 2019 ނޮވެންބަރު 13 ވާ ބުދަ ދުވަހުގެ 11:00 ގައި ހަނިމާދޫ ސްކޫލް އޮފީހުގައެވެ.
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް، މި އިޢުލާނާއެކު އެޓޭޗް ކުރެވިފައި ވާނެއެވެ.
- ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު، ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.
ހަނިމާދޫ ސްކޫލް
އޯކިޑްމަގު، ހަނިމާދޫ، ދިވެހިރާއްޖެ.
ފޯން: 6520533
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް: [email protected]
29 ޞަފަރު 1441
28 އޮކްޓޯބަރު 2019
28 އޮކްޓޫބަރު 2019
ހޯދާ