ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޢާއްމު ޖަލްސާއެއް ބޭއްވުމާއި ބެހޭ
VAM/IL/2019/7024
އިޢުލާން
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފުރިހަމަ މެމްބަރު ކްލަބްތަކުގެ އަޤްލަބިއްޔަތުން އެދިފައިވާތީ ، ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ޢާއްމު ޖަލްސާއެއް 31 އޮކްޓޯބަރ 2019 ވާ ބްރާސްފަތި ދުވަހު ހެނދުނު 10:30 ގައި ސޯޝަލް ސެންޓަރ ސެމިނަރ ރޫމްގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.
ވީމާ، މިކަން ވޮލީބޯލް އެސޯސިއޭޝަންގެ އެންމެހައި މެމްބަރުންގެ ސަމާލުކަމަށްޓަކައި އަންގާ އިޢުލާން ކުރަމެވެ. މި ޢާއްމު ޖަލްސާގައި ބައިވެރިވުމަށް، މި އެސޯސިއޭޝަންގެ " ޢާއްމު ޖަލްސާގައި ބައިވެރިވުމަށް" އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު 30 އޮކްޓޯބަރ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން ވޮލީބޯލް އެސޯސިއޭޝަނަށް ހުށަހަޅައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.
28 އޮކްޓޯބަރ 2019
28 އޮކްޓޫބަރު 2019
ހޯދާ