ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއަށް އައު 10 ޑަމްޕް ޓްރަކް(2 ޓަން) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން


ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-LOG/IUL/2019/070                                                                                                                                                                                                                                          

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއަށް އައު 10 ޑަމްޕް ޓްރަކް(2 ޓަން) ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

11 ސެޕްޓެމްބަރ 2019 ވަނަ ދުވަހު ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްއިން 2 ޓަނުގެ 10 ޑަމްޕް ޓްރަކް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން (ނަންބަރ WAMCO-LOG/IUL/2019/064) ގެ މައުލޫމާތު ޝީޓަށް ގެނެވުނު ބަދަލާއި އެކު އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، ދެވަނަ ފަހަރަށް އިއުލާން ކުރަމެވެ.

ވީމާ މި ކޯޕަރޭޝަނުން ކުރިއަށްގެންދާ ވޭސްޓް މެނޭޖްމަންޓް މަސައްކަތަށް ބޭނުންވާ ތިރީގައި މިދަންނަވާ ތަކެތި ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން ހުޅުވާލަމެވެ.

1-  އައު 10 ޑަމްޕް ޓްރަކް (2 ޓަން)

މި މަސައްކަތަށް ކަނޑައެޅިފައިވަނީ 4،000،000 (ހަތަރު މިލިއަން) ރުފިޔާއެވެ.  ބީލަން ހުށަހަޅުއްވާއިރު މައުލޫމާތު ކަރުދާހުގައިވާ އިރުޝާދާއި އެއްގޮތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 30،000.00 (ތިރީސް ހާސް) ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބީލަމުގެ މުއްދަތު ހަމަވާ ތާރީޚުން (ބީލަމުގެ މުއްދަތު ހަމަވާ ތާރީޚް: 45ދުވަސް) ފެށިގެން މަދުވެގެން 30 ދުވަހުގެ މުއްދަތެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި "ބޭންކް ގެރެންޓީ ސިޓީ" އަދި "ބޭންކް ގެރެންޓީ ޗެކް" ޤަބޫލުކުރެވޭނެއެވެ.

ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވާލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މާލެ އިންޑަސްޓްރިއަލް ޒޯންގައި ހުންނަ ވެމްކޯގެ  އޮފީހަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، މައުލޫމާތު ކަރުދާހައި އެއް ގޮތަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

ބީލަން ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ.  މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައެއް ނުގަނެވޭނެ ކަމުގައި ދަންނަވަމެވެ.

 
  ދުވަސް ގަޑި
މަޢުލޫމާތު ސާފުކުރުން 5 ނޮވެމްބަރ 2019 (އަންގާރަ) 11:00 (ހެނދުނު)
ބީލަން ހުށަހެޅުން 14 ނޮވެމްބަރ 2019 (ބުރާސްފަތި)  11:00 (ހެނދުނު)

14 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ގެންނަ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ޕްރޮޕޯޒަލް ހުށަހަޅުއްވާއިރު މިކަމަށް މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ދޫކުރާ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހާއި ބަޔާންކުރައްވާފައިވާ ފަދައިން ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މައުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓް(http://wamco.com.mv/) އިން ލިބެން ހުންނާނެއެވެ.

މިކަމާގުޅޭ ގޮތުން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ތިރީގައިވާ ނަންބަރު ގުޅުއްވުން ނުވަތަ އީމެއިލް ކުރެއްވުން އެދެމެވެ.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ،  ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3000581  ، ފެކްސް ނަންބަރު:  3000584 

[email protected]

 29 ސަފަރު 1441

                 28 އޮކްޓޯބަރ 2019              

 
28 އޮކްޓޫބަރު 2019
ހޯދާ