ދިވެހިރާއްޖެ
އދ. ދިގުރަށު ޞިއްޙީމަރުކަޒުގެ އެމްބިއުލާންސް މަރާމާތު ކުރުމަށް ކުރަންހުރި މަސައްކަތްތައްކުރާނެ ފަރާތެއް ބޭނުންވެއްޖެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 30 އޮކްޓޯބަރ 2019 ވާ ބުދަ ދުވަހުން ފެށިގެން 06 ނޮވެމްބަރ 2019 ވާ ބުދަ ދުވަހާ ހަމައަށް، ބަންދުނޫން ކޮންމެދުވަހެއްގެ ހެނދުނު 08:30 އިން 13:30 އާއި ދޭތެރޭ އދ. ދިގުރަށު ޞިއްޙީމަރުކަޒުގެ އޮފީހަށް ނުވަތަ އދ. އަތަޅު ހޮސްޕިޓަލުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 09:00 ގައި ޕްރީބިޑް ސެޝަންއެއް އދ. ދިގުރަށު ޞިއްޙީމަރުކަޒާއި އދ. އަތޮޅު ހޮސްޕިޓަލުގައި އޮންނާނެއެވެ.
އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 14 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި އދ. ދިގުރަށު ޞިއްޙީމަރުކަޒާއި އދ. އަތޮޅު ހޮސްޕިޓަލު ގައެވެ.
މިއިޢުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 07 ނޮވެމްބަރ 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 09:00 ގެ ކުރިން [email protected] އަށް ނުވަތަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.