ދިވެހިރާއްޖެ
ވ. އަތޮޅުގެ (ސްޓޭޓް ހައުސް) މަރާމާތުކުރުން
މިއަތޮޅު އަތޮޅުގެ ( ސްޓޭޓް ހައުސް ) މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމަށް މި އިދާރާއިން ކޮށްފައިވާ ނަމްބަރ: (IUL)235-ADS/235/2019/22 (18 ސެޕްޓެމްބަރ 2019) އިޢުލާން ބާޠިލް ކޮށް އަލުން އިޢުލާންކުރަމެވެ.
ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މި ބީލަމުގައި ބައިވެރިވެވޭނީ، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު" ނަންބަރު: R-1010/201930 މާރޗް 2019، ގައިވާ ގޮތުގެމަތީން ރަޖިސްޓްރީވެ މި ޕްރޮޖެކްޓުގައި ކުރަންޖެހޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މި މަސައްކަތަށް ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި ހުށަހަޅާ އަގުގެ %1 އަދި ޕާރފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅާ އަގުގެ 10% (މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަދީފައިވާ ބޭންކްއެއް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓްގެ ގެރެންޓީ ލެޓަރ) ހުށަހަޅުއްވަންވާނެ އެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2019 ނޮވެމްބަރ 04 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2019 ނޮވެމްބަރ 14 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާއަށް ނުވަތަ މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.