ދ. އަތޮޅު މަދަރުސާ، ދ. މީދޫ
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއް ހޯދުމަށް

 

 

އަންދާސީ ހިސާބު ބޭނުންވެއްޖެ

 

    މި ސްކޫލްގެ ދަރިވަރުންނަށް އެކްޓިވިޓީ ޔުނީފޯމް ތައްޔާރުކޮށް ވިއްކައިދޭނެފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ  ތާރީޚަށް ދ.އަތޮޅު މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

04 ނޮވެމްބަރ 2019 ވާ ހޯމަ ދުވަހުގެ 11.00އަށް

10 ނޮވެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް

 

 މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަނެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގައި ހެނދުނު 8:00 އިން 12:00 އަށް 7952915 ނަންބަރު ފޯނާއެވެ.

މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީކުރެވިފައިވާ ފަރާތްތަކަށެވެ.

 

            29 ޞަފަރު 1441 

            28 އޮކްޓޯބަރ 2019

 

28 އޮކްޓޫބަރު 2019
ހޯދާ