ދިވެހިރާއްޖެ
ހައްދުންމަތީ ކުނަހަންދޫ ކައުންސިލްގެ އިދާރާSecretariat of the Hadhdhumathi Kunahandhoo Council
ކުނަހަންދޫKunahandhoo
ދިވެހިރާއްޖެPepublic of Maldives
ނަންބަރު: (IUL)405-A/2019/36
އިޢުލާން
ހިމާޔަތްކުރެވިފައިވާ ދޫނިތައް ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅުން
ޤާނުނު ނަމްބަރ: 4/93 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު) ގެ ދަށުން ޙިމާޔަތްކުރެވިފައިވާ ދޫނި ހިފާ ހައްޔަރުކޮށް ގޯނާ ކުރަމުންދާ ކަމުގެ ޝަކުވާ އެންވަޔަރުމަންޓަލް ޕްރޮތެކުޝަން އެޖެންސީ އަށް ތަކުރާރުކޮށް ލިބެމުންދާތީ، ދިވެހިރާއްޖޭގެ ތިމަވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން މިފަދަ ކަންކަން ހުއްޓުވައި އެކަންކުރާ ފަރާތްތަކުގެ މައުލޫމާތު އެ އެޖެންސީއަށް ފޮނުވުމަށް ވަނީ އަންގާފައެވެ. އެހެންކަމުން ހިމާޔަށް ކުރެވިފައިވާ ދޫނިތަށް ހިފާ ހައްޔަރުކޮށް ގޯނާކުރާފަރާތްތަކުގެ މަޢުލޫމާތު މި ކައުންސިލާއި ހިއްސާކޮއްދެއްވުން އެދެމެވެ. އަދި މިފަދަ ދޫނިތަށް ހިފާ ހައްޔަރުކުރުމާއި ގޯނާ ކުރުމަކީ ޤާނޫނީ ގޮތުން މަނާކަމެއްކަމުގައިވެސް ދައްނަވަމެވެ.
ވީމާ، ޢާއްމުކޮށް މިކަން އެންގެވުމަށްޓަކާ އިޢުލާން ކުރީމެވެ.
29 ޟަފަރު 1441
28 އޮކްޓޫބަރު 2019