ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ިއިދާރާގައި ހުރި ބައެއް ތަކެތި ނީލަންކިޔުމާއި ގުޅޭ

މި އިޢުލާންވަނީ 28 އޮކްޓޫބަރު 2019 10:03 ގައި ބާތިލް ކުރެވިފައެވެ.


  2019 އޮކްޓޫބަރު 26 ވަނަ ދުވަހު މިއިދާރާ ކުރިމަތީ ވެޔޮދޮށު މައިޒާނުގައި ބޭއްވި ނީލަމުގައި ނީލަންކީ ތަކެތީގެ ތެރެއިން ނީލަމުން ނަގާނޭ ފަރާތެއް ނުވެފައިހުރި، ތިރީގައި މިދަންނަވާ ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަންކިޔުން 2019 ނޮވެންބަރު 08 ވާ ހުކުރު ދުވަހު ވެޔޮދޮށު މައިޒާނުގައި އޮންނާނެއެވެ. މިއިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ ލިސްޓާއި، އެތަކެތީގެ ނީލަން ފެށުމަށް ހަމަޖެހިފައިވާ އަގާއި، ޙާލަތު އެނގޭނޭ ލިސްޓް ބެހެއްޓިފައި ހުންނާނެއެވެ.

 ވީމާ، ނީލަމުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 2019 ނޮވެންބަރު 08 ވާ ހުކުރު ދުވަހުގެ ހަވީރު 4:00 އަށް ވެޔޮދޮށު މައިޒާނަށް ޙާޟިރުވެ ދެއްވުން އެދެމެވެ. މިތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީގަޑީގައި މިއިދާރާއަށް ވަޑައިގަތުމުން ތަކެތި ބެލޭނޭ އިންތިޒާމްވަނީ ހަމަޖެހިފައެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ތަކެތި ނަންގަވާތާ ރަސްމީ ބަންދު ނޫން 03 ދުވަހުގެތެރޭގައި މިއިދާރާއަށް ފައިސާ ދައްކަވައި، ތަކެތި ގެންދަވަންވާނެއެވެ. މިމުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ތަކެތި ނައްތައިލެވޭނެ އެވެ. ތަކެތި ދޫކުރެވޭނީ ފައިސާ ދެއްކުމުންނެވެ.

                    

28 މުޙައްރަމް       1441

27 އޮކްޓޫބަރު     2019

27 އޮކްޓޫބަރު 2019
ހޯދާ