ދިވެހިރާއްޖެ
ނަންބަރު: 365/2019/54
އިޢުލާން
އަންދާސީ ހިސާބު ހުށަހެޅުމުގެ ދަޢުވަތު:
މުލީ ފުޓްސަލްދަނޑުގެ ވަށާފާރު ރޭނުމާބެހޭ.
މިއިދާރާއިން ދެވޭ މައުލޫމާތާއި އެއްގޮތަށް މ.މުލީގައި ތަރައްޤީކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ ވަށާފާރު ރާނައިދޭނެ ފަރާތެއް ހޯދަން ވަނީ ބޭނުންވެއެވެ. ވީމާ އަމިއްލަ ތަކެތީގައި މިދެންނެވި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާފަރާތްތަކުން މިއިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ވަގުތު |
ދުވަސް |
ތާރީހް |
|
11.00 |
ހޯމަ |
04 ނޮވެމްބަރ 2019 |
މައުލޫމާތު ސާފުކުރުން |
11.00 |
ބުރާސްފަތި |
07 ނޮވެމްބަރ 2019 |
އަންދާސީހިސާބު ހުށަހެޅުން |
ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިއުމެއް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފު ކުރެއްވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިގަނެވެން ނެތްވާހަކަ ދަންނަވަމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
24 އޮކްޓޯބަރ 2019