ނ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

 
   

c

 

c

 
ނ. އަތޮޅު މަދަރުސާ

 ނ.މަނަދޫ

 

ވަޒީފާގެ ފުރުޞަތު

ނަމްބަރު 2009/37/GS35

މަޤާމް:

ރިލީފް ޓީޗަރ

 

ބޭނުންވާ އަދަދު:

08 ( އަށެއް  )

 

މަޤާމްގެ ގިންތި:

ކޮންޓްރެކްޓް ( ދިރާސީ 1 އަހަރު )

 

ސެކްޝަން:

އެކަޑަމިކް ސެކްޝަން

 

ދާއިރާ:

ކިޔަވައިދިނުން

 

މަޤާމް އޮތް އޮފީސް:

ނ.އަތޮޅު މަދަރުސާ

 

ވަޒީފާ އަދާކުރަންޖެހޭތަން:

ނ.އަތޮޅު މަދަރުސާ / ނ.މަނަދޫ

 

މަޤާމުގެ އަސާސީ މުސާރައާއި ސާވިސް އެލަވަންސް

ފެންވަރު ނުވަތަ ޝަރުތު

މުސާރަ (މަހަކު)

ސާރވިސް އެލަވަންސް (މަހަކު)

 

  • ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން

4500.00 ރ

1500.00 ރ

 

  • މަތީސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން

5500.00 ރ

1500.00 ރ

 

  • ކިޔަވައިދިނުމުގެ ރޮނގުން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލު ކޮށްފައިވުން

6090.00 ރ

2500.00 ރ

 

  • ކިޔަވައިދިނުމުގެ ރޮނގުން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ގެ ސަނަދެއް ހާސިލު ކޮށްފައިވުން

7070.00 ރ

2500.00 ރ

 

މާޤާމުގެ ޝަރުތު

  1. ސާނަވީ ތައުލީމު ފުރިހަމަކޮށްފައިވުން.
    • ގްރޭޑް 10 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިން ސެޓްފިކެޓެއް ނުވަތަ ގްރޭޑް 10 ނިންމާ އިމްތިހާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަ ކުރި ކަމަށް ބެލެވޭނެއެވެ.  އަދި ގައުމީ ސަނަދުތަކުގެ އޮނިގަނޑުލެވެލް 3 ގެ ސަނަދެއް ހާސިލް ކޮށްފައިވާނަމަ ސާނަވީ ތައުލީމު ފުރިހަމަ ކުރިކަމަށް ބެލެވޭނެއެވެ
  2. މަތީސާނަވީ ތައުލީމު ފުރިހަމަ ކޮށްފައިވުން
    • ގްރޭޑް 12 ނިންމިކަން ބަޔާންކުރާ ސްކޫލް ލީވިން ސެޓްފިކެޓެއް ނުވަތަ ގްރޭޑް 12 ނިންމާ އިމްތިހާނެއްގައި ބައިވެރިވެފައިވާކަމުގެ ލިޔުމެއް ލިބިފައިވާނަމަ މަތީ ސާނަވީ ތައުލީމު ފުރިހަމަކުރި ކަމަށް ބެލެވޭނެއެވެ.
  3. ކިޔަވައިދިނުމުގެ ރޮނގުން ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 އަދި 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމުގެ މަސްއޫލިއްޔަތުތައް :

 

  • ·         ހަވާލުކުރެވޭ ތާވަލާއެއްގޮތަށް ކުލާސްތަކަށް ހާޒިރުވެ '' ސްކީމް އޮފް ވޯކް'' ގައިވާގޮތަށް މަންޖަހުގައި ބަޔާންކުރެވިފައިވާ ކަންތައްތައް ދަރިވަރުންނަށް ހާސިލްކޮށްދިނުން.
  • ·         ޓީޗަރެއްގެ ހައިސިންޔަތުން ހަވާލުކުރެވޭ އެންމެހައި ޒިންމާތައް އަދާކުރުން
  • ·         ސްކޫލްގެ ދަރިވަރުންނަށް ހިންގޭ އިތުރުހަރަކާތްތައް ރާވާ ހިންގުމުގައި އެހީތެރިވުމާއި ބައްދަލުވުންތަކަށް
  • ·          ހާޒިރުވުން
  • ·         ހެޔޮ ގޮތުގައި ދަރިވަރުން ތަރުބިއްޔަތު ކުރުން.
  • ·         ކްލާސް ޓީޗަރުގެ ޒިންމާ އަދާކުރުން
  • ކިޔަވައިދޭ މައްދާތަކުގެ އިމްތިހާނުތައް ހިންގުމަށްބޭނުންވާ އެންމެހާކަންތައްތައް ލީޑިންގ ޓީޗަރުގެ މަޝްވަރާގެ މަތިން ކުރުން 

 

އުޖޫރައާއި ޢިނާޔާތްތައް:

- އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައެޅިފައިވާ އުސޫލުގެ

  ދަށުން އިތުރުގަޑިގެ ފައިސާ ދެވޭނެއެވެ.      

- އެޑިޔުކޭޝަނަލް ކޮލިފިކޭޝަން އެލަވަންސް ދިނުމަށް ހަމަޖެހިފައިވާ ތަޢުލީމީ ސެޓްފިކެޓްތައް ހާޞިލްކުރައްވާ

  ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން އެލަވަންސް ދެވޭނެއެވެ.

 

ކޮލިފިކޭޝަން އެލަވަންސް ދެވޭ މިންގަނޑުތައް މުސާރައިގެ އިންސައްތަ   އަދި ސަނަދު

30%ކިޔަވައިދިނުމުގެ ރޮގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 9 ގެ ނުވަތަ އެއްވުރެމަތީ ސަނަދެއް އޮތުން

25% ކިޔަވައިދިނުމުގެ ރޮގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 7ނުވަތަ 8 ގެ ސަނަދެއް އޮތުން.

20%ކިޔަވައިދިނުމުގެ ރޮގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 6ގެ ސަނަދެއް އޮތުން.

15% ކިޔަވައިދިނުމުގެ ރޮގުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެލެވެލް 5ސަނަދެއް އޮތުން.

 

ވަޒީފާއަށް އެދެންވީ ގޮތާއި ސުންގަޑި

މިމަޤާމަށް އެދި ހުށަހަޅުއްވާ ފަރާތްތަކުން 06 ނޮވެމްބަރު 2019 ވާ ބުދަ ދުވަހުގެ 13:00ގެކުރިން މިސްކޫލަށް ސިޓީހުށަހެޅުއްވުން އެދެމެވެ. ވަޒީފާއަށްއެދި ހުށަހަޅާ ސިޓީއާއިއެކު ވަޒީފާއަށްއެދި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަވެފައިނުވާނަމަ އެސިޓީތައް ބާތިލުކުރެވޭނެނެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި :

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ  (އެކްރެޑިޓްކޮށް އެޓެސްޓްކުރެވިފައިވާ ސެޓްފިކެޓްގެ ކޮޕީ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއެކު)
  • ތަޖުރިބާގެ ލިޔުންތައް.

 

މީހުން ހޮވުމުގައި ބާލާނެ ކަންތައްތައް

1- ޙާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން މެރިޓް އުސޫލުން.

2- މަސައްކަތު ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

3- ޤާބިލްކަން ބެލުމަގެ ގޮތުން އިންޓަރވިއު ކޮށްގެން.

 

ވަޒީފާގެ އިންޓަވިއު އޮންނާނެ ތަން

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އިޢުލާނުގެ  މުއްދަތު ހަމަވާތާ 05 ދުވަހުގެ ތެރޭގައި   ނ.އަތޮޅު މަދަރުސާގައި އޮންނާނެއެވެ.

 

އިތުރު މަޢުލޫމާތު

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ : 6560003 ނަމްބަރު ފޯނާ އެވެ. މިމަޤާމަށް  އިންޓަރވިއުކުރެވޭނީ މަގާމުގެ ޝަރުޠުހަމަވާ ފަރާތްތަކާއެވެ.

 

             

 

                                 19 ޒުލްހިއްޖާ  1440 

      20 އޮގަސްޓް   2019  

27 އޮކްޓޫބަރު 2019
ހޯދާ