ދިވެހިރާއްޖެ
އިޢުލާން
އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށް ބޭނުންވާ 6 ކޮމްޕިއުޓަރ ސިސްޓަމް އަދި 5 މޮނީޓަރު ސްޕެސިފިކޭޝަންއާއި އެއްގޮތަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން IUL)453-LTM-2/1/2019/17) ގައި ހިމަނާފައިވާ މައުލުމާތު ޝީޓު ގައި މައުލޫމަތު އެންމެ ފުރިހަމަ ނުވާތީވެ ކުރިން ކުރެވުނު އިއުލާން ބާތިލް ކޮށް އަލުން މި މަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.
ތަކެތީގެ ތަފްސީލް :
Computer System |
6 |
Monitor |
5 |
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ނޮވެމްބަރ 04 ވާ ހޯމަ ދުވަހުގެ 11:00 އަށް ވެލާނާ އިންޓަރްނޭޝަނަލް އެއާރްފޯޓުގައި ހުންނަ އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ހެޑްކުއާޓާސްއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއިއެކު ގެޒެޓުގައި އެއްކަރުދާސް ކުރެވިފައިވާކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި، މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2019 އޮކްޓޯބަރ 27 ވާ އާދިއްތަ ދުވަހުގެ ހެނދުނު 9:00 އިން ފެށިގެން 2019 އޮކްޓޯބަރ 31 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ކޮމާންޑްގެ ޕާސް އެޑްމިން ކައުންޓަރުން ލިބެން ހުންނާނެއެވެ.
ބިޑް ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، މަސައްކަތް އެނގޭނޭހެން ބަޔާންކުރެއްވުމަށްފަހުއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 2019 އޮކްޓޯބަރ 30 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
އަންދާސީ ހިސާބު ބަލައިގަތުން އޮންނާނީ ހުޅުލޭގައި ހުންނަ މިކޮމާންޑުގެ ހެޑްކުއަރޓާޒްގައެވެ.